ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓްރޭޑް ޕާރމިޓްގެ ބަދަލުގައިވިޔަފާރިކުރުމަށް ކައުންސިލުން ހުއްދައެއް ދިނުން:

އިޢުލާން

ޓްރޭޑް ޕާރމިޓްގެ ބަދަލުގައިވިޔަފާރިކުރުމަށް ކައުންސިލުން ހުއްދައެއް ދިނުން:

 

 04 ޖެނުއަރީ 2020 ގައި އިކޮނަމިކް މިނިސްޓްރީން ޓްރޭޑް ޕާރމިޓް  ހުއްދަ ދިނުމަށް ގެނައި ބަދަލާއި ގުޅިގެން ހުއްދަ ދިނުން ހުއްޓާފައިވާތީވެ ތިނަދޫގައި ވިޔަފާރި ކުރާ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ވިޔަފާރި ކުރާފަރާތްތަކުގެ ތެރެއިން 04 ޖެނުއަރީ 2020 އިން ފެށިގެން މިއަދާހަމަށް ވިޔަފާރި ކުރުމަށްޓަކައި ޓްރޭޑް ޕާރމިޓް ހައްދާފައި ނެތް ފަރާތްތަކުން މިކައުންސިލުންދޭ ހުއްދައެއް ނަގަން 31 ޖުލައި 2020 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި އިކޮނަމިކް މިނިސްޓްރީން އަންގަވާފައިވާ އުސޫލާ އެއްގޮތަށް މަހުފީ ނުނަގައި ހުއްދަހަދައި އިންސްޕެކްޓް ކުރުމުގެ މަސައްކަތް މިއިދާރާއިން ކުރިޔަށް ގެންދާނެވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

09 ޖުލައި 2020
ހޯދާ