މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި ރުއްގަސް އިންދުމާއިގުޅޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                             ނަމްބަރ:IUL)331/331/2020/31)

 

 

 

 

          އިޢުލާން

 

ގޯތިން ބޭރުގައި ރުއްގަސް އިންދުމާއިގުޅޭ 

 

          ދިރިއުޅުމަށްޓަކައި މިރަށުން ދޫކުރެވިފައިވާ ގޯތިތަކުން ބޭރުގައި (ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކާއި މަގުތަކާއި އަދި އެހެނިހެން ހުސްބިންތަކުގައި) އެއްވެސް ބާވަތެއްގެ ރުއްގަސް އިންދުމަކީ ކުރީންސުރެވެސް މަނާ ކުރެވިފައިވާ ކަމެކެވެ. ނަމަވެސް ފަހަކަށްއައިސް ބައެއް ފަރާތްތަކުން ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކާއި މަގުތަކާއި، އެހެނިހެން ހުސްބިންތަކުގައި ޤަވާއިދާ ޚިލާފަށް ރުއްގަސް އިންދަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

        ވީމާ، ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކާއި މަގުތަކާއި އަދި އެހެނިހެން ހުސްބިންތަކުގައި ރުއްގަސް ނުއިންދުމަށާއި، މިކަމަކީ މަނާ ކުރެވިފައިވާ ކަމެއްކަން ޢާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

      އަދި މީގެ ކުރިން ގޯތިންބޭރުގައި އިންދާ ހައްދާފައިވާ ރުއްގަސްތަކުގެ ތެރެއިން މިހާތަނަށް މިކައުންސިލްގެ އިދާރާގައި ރަޖިސްޓްރީ ކުރެވިފައިނުވާ ތަކެއްޗަކީ އެފަރާތެއްގެ އަމިއްލަތަކެތި ކަމުގައި ނުބެލެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މިގޮތުން އިންދާ ހައްދާފައިވާ ރުއްގަހުގެ ބޭނުން ނުކުރުމަށާއި، މިދެންނެވިފަދަ ރުއްގަހުގެ ބޭނުންކުރާ ފަރާތްތަކާއިމެދު ޤާވާއިދުން ފިޔަވަޅު އަޅާނެ ވާހަކަވެސް ދެންނެވީމެވެ.

08 ޖުލައި 2020
ހޯދާ