ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުން

20 ޖުލައި 2020 ން 28 ފެބްރުއަރީ 2021 އަށް މަޑަވެލި ކައުންސިލްގެ އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަގާމް:

އިޖްތިމާޢީ ކޮމިޓީގެ މަސައްކަތު

ބޭނުންވާ އަދަދު:

01

އުޖޫރަ:

1,500/- ރ(މިއުޖޫރައިގެ %7 ޕެންޝަނަށް ކެނޑޭނެއެވެ.)

މަގާމުގެ މަސްއޫލިއްޔަތު:

  • ކައުންސިލުން ކަނޑައަޅާފައިވާ މަޑަވެލި އިޖްތިމާޢީ ސަރަޙައްދުތަކާއި، އާމިނަތު ޙަސަން ޕްރީސްކޫލް އަދި ވަށައިގެންވާ މަގުތަކާއި، ކައުންސިލުން ސާފުކުރުމަށް ދައްކާ ތަންތަން ސާފުކުރުން.
  • އިޖްތިމާޢީ ކަންކަމާއި ރަށުގެ ތަރައްޤީ އަށް ކުރެވޭ ކަންތައްތަކަށް މިއިދާރާއިން އެހީތެރިކަމަށް އެދިއްޖެނަމަ އެކަމަށް އިޖާބަދީ އަމަލީގޮތުން އެކަމެއްގައި ބައިވެރިވުން.
  • ކައުންސިލުން ހިންގާ ހަރަކާތްތަކާއި، މުނާސަބަތާއި ގުޅިގެން ސާފުތާހިރު ކުރަންޖެހޭ ތަންތަން ސާފްކުރުން.

 

 ވީމާ،މިމަޤާމަށް ޝަވްޤްވެރިވެލައްވާ ޢުމުރުން 20 އަހަރުންމަތީގެ އަދި 65 އަހަރުން ދަށުގެ ބޭފުޅުން ލިޔުމުން މަގާމް އެގޭގޮތަށް 15 ޖުލައި 2020 ވާ ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން މަޑަވެލި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  މިހެންވެ މިކަންޢާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

07 ޖުލައި 2020
ހޯދާ