ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

 

ނަންބަރ:R-2020/41      

އިޢުލާން

މި ކުންފުނީގެ ކ. މާފުށި އިންޖީނުގޭ ގައިހުރި މި ދަންނަވާ ތަކެތި ވިއްކާލަން ބޭނުންވެއެވެ.

-    ކަޅުތެޔޮ ފީފާ (ބޭނުންކޮށްފައިވާ ކަޅުތެޔޮ 80 ފީފާ(

ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 09 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 11:30 ށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 15 ޖުލައި 2020 ވާ  ބުދަ ދުވަހުގެ 10:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މި ތަކެތި ވިއްކާލެވޭނީ އެކަށީގެންވާ އަގެއް ހުށަހަޅާފައިވާނަމައެވެ. އަދި މިތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީއަގު ހުށަހަޅުއްވާ ފަރާތަކަށް އެކަން އަންގާތާ 2 ދުވަސް ތެރޭގައި ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ވިއްކާލުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

މި ތަކެތި ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 7772572 ފޯނާ ގުޅުއްވުން އެދެމެވެ.

                  07 ޖުލައި 2020  

07 ޖުލައި 2020
ހޯދާ