ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އޮޑިހަރުގެ އެޅުމަށް ބިން ކުއްޔަށް ދޫކުރުމާއިބެހޭ

ރަށުގެ އުތުރު ފަރާތު "ކަނުކޮޑާ" ސަރަޙައްދުން އޮޑިހަރުގެ އެޅުމަށްޓަކައި ހުއްދަ ލިބިފައިވާ 3000 އަކަފޫޓްގެ (1) އެއް ބިން އަދި 1200 އަކަފޫޓްގެ (4) ހަތަރު ބިން، އަމިއްލަ ފަރާތްތަކަށް 06 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ގދ. މަޑަވެލި ކައުންސިލުން މިވަނީ ނިންމާފައެވެ.

އެހެންކަމުން މިބިންތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މުއްދަތު އެނގޭނެހެން 09 ޖުލައި 2020 (ބުރާސްފަތި) ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް އާއިއެކު ބިމަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

05 ޖުލައި 2020
ހޯދާ