ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓާރ ކޯޕަރޭޝަން އިން ސ. ހިތަދޫގައި އޮފީސް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ އައްޑޫ ސިޓީ ހިތަދޫ ގޮފި ހިންގުމަށްޓަކައި އައްޑޫ ސިޓީ ހިތަދޫ އިން ޖާގައިގެގޮތުން 600 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިޑަށް ރަޖިސްޓަރ ކޮށް، ބިޑް ހުށަހެޅުއްވުމަށް ދައުވަތު އަރުވަމެވެ.

 

ބިޑަށް ރަޖިސްޓަރވުން:

6 ޖުލައި 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ގޫގުލް ފޯމް މެދުވެރިކޮށް https://forms.gle/bad7RFf1r1o9RjVRA ރަޖިސްޓަރ ކުރައްވަންވާނެއެވެ.

މައުލޫމާތު ދިނުން:

(ހ) ބިޑަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި، ބިޑަށް ރަޖިސްޓްރީ ވާ ފަރާތްތަކުން، ބޭނުންވާ އިތުރު މައުލޫމާތު ހޯދުމަށް، މަތީގައި ބަޔާންކުރެވުނު އީމެއިލް އަށް ސުވާލުތައް ފޮނުވިދާނެއެވެ.

(ށ) އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކާ، ބިޑަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ވީޑިއޯ/އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް 08 ޖުލައި 2020 ގައި މައުލޫމާތު ދިނުމުގެ ސެޝަންއެއް ބޭއްވޭނެއެވެ.

ބިޑް ހުށަހެޅުން:

(ހ) މިކަމަށް ޝައުގުވެރިވެލައްވާ ބޭފުޅުން 13 ޖުލައި 2020 ވާ ހޯމަ ވަނަ ދުވަހުގެ 12:00 ގެ ކުރިން  [email protected] އަށް އަންދާސީ ހިސާބު ފޮނުއްވުން އެދެމެވެ. މިގޮތުން އީމެއިލް ކުރައްވާއިރު ސަބްޖެކްޓް ލައިންގައި “Bid Submission for Office Space” މިހެއް ޖެއްސެވުން އެދެމެވެ.

 (ށ) ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ ތާރީޚަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށެވެ. ބިޑާއި ބެހޭ މައުލޫމާތު ކަރުދާސް ގެޒެޓްކުރެވޭތީ މައުލޫމާތު ދިނުމަށް ވީޑިއޯ/އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަނެވޭ ފަރާތްތަކަށްވެސް، ރަޖިސްޓްރީކޮށްފައިވާނަމަ ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ.

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ 7913535 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ރަޖިސްޓަރ ކުރައްވާއިރު ގޫގުލް ފޯމް މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

4 ޖުލައި 2020

04 ޖުލައި 2020
ހޯދާ