ދިވެހިރާއްޖެ
1. ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެގޮތުން، ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާގެ އެހީއެއް ދިނުމަށް ހަމަޖައްސާފައިވާތީ، އެހީއަށްއެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
2. ކޯވިޑް-19 އާ ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި، އެފަރާތްތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި، ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރު "ޕްރީސްކޫލްތަކާއި ޤުރުއާން ކިލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލް" ގައި ބަޔާންކޮށްފައިވާނެއެވެ.
3. "ޕްރީސްކޫލްތަކާއި ޤުރުއާން ކިލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލް"، އަދިފައިސާގެ އެހީއަށްއެދި ހުށަހަޅާ ފޯމް "ކޮވިޑް 19 އާއި ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް" މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
4. ފައިސާގެ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން އެކަމަށްއެދި ހުށަހަޅާ ފޯމް (ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު) ފުރިހަމަ ކުރުމަށްފަހު (ހުށަހަޅަންޖެހޭ ލިސްޓްތައް ސޮޕްޓް އަދި ޕީ.ޑީ.އެފް ފޯމެޓްގައި) 2020 ޖުލައި 15 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް[email protected]ފޮނުވުން އެދެމެވެ.
5. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އީމެއިލް ނުވަތަ ފޯން ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ޕޮލިސީ ޕްލޭނިންގ އެންޑް ރިސާރޗް ޑިވިޜަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 7745484
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
09 ޛުލްޤައިދާ 1441