ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް އާކުރުމާއިގުޅޭ

އެއްގަމު ލައިސަންސް އާކުރުމާއިގުޅޭ

 

              އެއްގަމުގައިދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ މުއްދަތު ހަމަވެ ނުވަތަ ގެއްލިގެން، ހަލާކުވެގެން، ލައިސަންސް އާކުރަން ބޭނުންފުޅުވާ ފަރާތްތަކުން 2020 ޖުލައި މަހުގެ 7 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިދަންނަވާތަކެތި މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

 

  • LL1 ފޯމް ފުރިހަމަކޮށް (ޕޮލިސް ސަރވިސްއިން ފުރިހަމަކުރަންޖެހޭ ބައި ފުރިހަމަ ނުކުރެއްވިޔަސް އެންމެރަނގަޅު)
  •  ނެގިފަހުން ތިންމަސްހަމަނުވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯއް
  •  50 ރުފިޔާގެ ރެވެނިއުސްޓޭމްޕެއް
  •  ކާޑަށް -/350 (ތިންސަތޭކަފަންސާސް)ރުފިޔާ
  •  އައިޑީކާޑުގެ ކޮޕީއާއި، ލައިސަންސް ކާޑުގެ ކޮޕީ.
  •  އެހެންއަތޮޅެއްގެ ބޭފުޅެއްނަމަ "ރަށުގެ ރަށްވެއްސަކުނޫން މީހަކު ދިރިއުޅެމުންދާކަމުގެ ލިޔުން".

ވީމާ މިކަން އާއްމުކޮށް އެއްގުމަށް ޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2020
ހޯދާ