މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ ކުއްޔަށް ދިނުން

ރ.އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ  ކުއްޔަށް ދިނުން: 

 

މި ރަށު ވަލުގައި ހުރި ރައްޔިތުންގެ " ކަށިކެޔޮފަލާއި ބަނބުކެޔޮފާ"  02 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް  ފުރުސަތު ހުޅުވާލަމެވެ. ކަށިކެޔޮފަލާއި ބަނބުކެޔޮފާ ކުއްޔައް ދިނުމަށް ހަމަޖެހިފައިވަނީ މި ކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި ކަމާއި ބެހޭގޮތުން  މަޢްލޫމާތު ސާފު ކުރުމަށް ބޭނުންވާ ބޭފުޅުން މި އިޢްލާންގައިވާ އަގު ހުށަހަޅާ މުއްދަތު ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ކައުންސިލް އިދާރާ ހުޅުވާފައިވާ  ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢްލޫމާތު ސާފު ކުރުމަށްފަހު ތިރީގައިވާ ތާރީޚްގައި އެވާ ގަޑިއަށް މި އިދާރާއަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަގު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުންގެ އައިޑީކާޑު ގެންނަންވާނެއެވެ. މީގެ ތެރެއިން އަގު ހުށަހަޅާނީ ތިރީގައިވާ ތާވަލްގައިވާ ގޮތަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި ހުށަހަޅާކަށިކެފަލާއި ބަނބުކެޔޮފަލުގެ ނަން އޮންނަން ވާނެއެވެ. އަދި އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.

ހުށަހަޅަން ޖެހޭ ތާރީޚް / ގަޑި

ނަން

#

06 ޖުލައި 2020 / 11:00

އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ

1

29 ޖޫން 2020
ހޯދާ