ދިވެހިރާއްޖެ
ތަޢާރަފު:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިޥެލޮޕްމަންޓްގެ އިސްނެންގެވުމުގެ މަތިން، ދިވެހިރާއްޖޭގައި ޑައިވާސިފައިޑް ސްކިލް ސެޓެއް ގާއިމު ކުރުމުގެ މަގްސަދުގައާއި ތަފާތު ހުނަރުތަކަށް ޒުވާނުން ޝައުގުވެރިކުރުވުމަށާއި އަދި ކޯވިޑް-19 އަށްފަހު ވަޒީފާގެ ބާޒާރަށް ޒުވާނުން ނުކުންނައިރު އެކަމަށް އެހީތެރިވެދިނުމުގެ ގޮތުން މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި (ބީ.ސީ.ސީ) ގުޅިގެން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން ބީ.ސީ.ސީ އަށް ވަނީ އެމެރިކާގެ އޮންލައިން ލާނިންގ ޕްލެޓްފޯމެއް ކަމުގައިވާ "ކޮސެރާ" ގެ ވާކްފޯސް ރިކަވަރީ އިނީޝިއޭޓިވްގެ ދަށުން 5000 މީހުންނަށް ތަފާތު އެކިއެކި ޓެކްނިކަލް އަދި ޓެކްނިކަލް ނޫން ދާއިރާތަކުގެ ކުރު ކޯސްތަކަށް ދުނިޔޭގެ ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކާއި އެފަދަ އެހެނިހެން އިންސްޓިޓިއުޝަންތަކުން 6 މަސްދުވަހުގެ މުއްދަތަކަށް ހިލޭ ކިޔެވޭނެ ފުރުސަތު ލިބިފައެވެ. އަދި ކޯސް ފުރިހަމަ ކުރެއްވުމުން ސެޓްފިކެޓް ހާސިލް ކުރުމުގެ ފުރުސަތުވެސް ލިބިވަޑައިގަންނަވާނެއެވެ.
މިގޮތުން، މި ސްކީމްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިއަދުން ފެށިގެން 31 ޑިސެންބަރު 2020 ވަނަ ދުވަހާއި ހަމައަށް ތަފާތު އެކި އެކި ދާއިރާތަކުގެ ކުރު ކޯސްތަކުގައި އެންރޯލްވެ، ކިޔެވުމަށް ފުރުސަތު ދެވޭނެވެ. އެހެން ނަމަވެސް އެންރޯލް ވުމުގެ އެންމެ ފަހުގެ ތާރީހަކީ 30 ސެޕްޓެންބަރ 2020 އެވެ. މީގެ ތެރެއިން ގިނަ ކޯސްތަކަކީ އާންމުގޮތެއްގައި މަހު ފީއެއް ދައްކާގޮތަށް އޮފަރ ކުރެވޭ ކޯސްތަކަކަށް ވީނަމަވެސް، މި ސްކީމްގެ ދަށުން ލައިސަންސް ލިބޭ ކޮންމެ ބޭފުޅަކަށްވެސް މިދެންނެވި ތާރީހާއި ހަމައަށް މުޅިން ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. މީގެ ތެރެއިން ގިނަ ކޯސްތަކަކީ 4 - 3 މަސްދުވަހުގެ މުއްދަތަކަށް 'އޮން ޑިމާންޑް' ކްލާސްތަކެއް މެދުވެރިކޮށް ކުރިއަށް ގެންދާ ކޯސްތަކަކަށް ވީހިނދު މި ސްކީމްގެ ދަށުން އެއް ކޯހަށްވުރެ ގިނަ ކޯސްތަކަށް ކިޔަވާ، ގިނަ ކޯސްތަކެއް 6 މަސްދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.
އިސްކަން ދެވޭ ދާއިރާތައް:
- ޑޭޓާ ސައިންސް، އެޕް/ސޮފްޓްވެއަރ ޑިވެލޮޕްމެންޓް، ޕްރޮގްރާމިންގ (އާޓިފިޝަލް އިންޓެލިޖެންސް، ޕައިތަން، ބިގްޑޭޓާ، ސައިބަރ ސެކިއުރިޓީ، ކްލައުޑް ކޮމްޕިއުޓިންގ)
- އިންޖިނިއަރިންގ (އިލެކްޓްރިކަލް، މެކޭނިކަލް، އިލެކްޓްރޯޑައިނަމިކްސް، ނޭނޯ ޓެކްނޮލޮޖީ، ޖީ.އައި.އެސް މެޕިންގ، މެޓީރިއަލް ބިހޭވިއަރ، އޯޑިއޯ/މިއުޒިކް އިންޖިނިއަރިންގ)
- ފައިނޭންސް (ވެލުއޭޝަން، ޑޭޑާ އެނެލެޓިކްސް، ޕޯޓްފޯލިއޯ އެންޑް ރިސްކް މެނޭޖްމަންޓް، އެސެޓް މެނޭޖްމެންޓް، ކެޕިޓަލް/މަނީ މާކެޓް، ފިންޓެކް ލޯ/ސެކިއުރިޓީ/ރެގިއުލޭޝަން/ޑިސްރަޕްޓިޕް އިނޮވޭޝަން، އޯޑިޓިންގ، އިންޓަނޭޝަނަލް ޓެކްސް)
- ސޯޝަލް ސައިންސް (އެޑިއުކޭޝަން، ގަވަނެންސް، ލޯ، އިކޮނޮމިކްސް)
- ހެލްތް އެންޑް ޕާސަނަލް ޑިވެލޮޕްމަންޓް (ޕަބްލިކް ހެލްތް، ނިއުޓްރިޝަން، ސައިކޮލޮޖީ، ޕޭޝަންޓް ކެއަރ، ފިޓްނެސް)
- ފޮޓޯގްރަޕީ، ވީޑިއޯގްރަފީ، ގްރެފިކްސް ޑިޒައިނިންގ، އެނިމޭޝަން އަދި މިނޫންވެސް އެހެނިހެން ގިނަ ކޯސްތައް
ރަޖިސްޓްރޭޝަންއަދި ޝަރުތު:
- ގޫގުލް ފޯމް https://forms.gle/BuzoSLSbfGftkJon8 މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވޭނެއެވެ.
- ރަޖިސްޓަރ ކުރުމުން 24 ގަޑި އިރުތެރޭގައި އިންވިޓޭޝަން ލިންކެއް ލިބިވަޑައިގަންނަވާނެ އެވެ. އަދި އެ ލިންކް މެދުވެރިކޮށް ޕްލެޓްފޯމުގައި ބައިވެރިވެލެއްވޭނެ، އަދި ބޭނުންވާ ކޯސްތަކަކަށް އެންރޯލް ކުރެއްވޭނެއެވެ.
- މި ސްކީމްގައި ބައިވެރިން ހޮވުމުގައި އަމަލު ކުރެވޭނީ 'ފަސްޓް ކަމް ފަސްޓް ސާރވްޑް ބޭސިސް' އަށެވެ. ކުރިމަތިލުމުގެ ހަމަ އެކަނި ޝަރުތަކީ 15 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމެވެ.
ލައިސަންސް ބާތިލުކުރުމުގެ ޕޮލިސީ:
- ރަޖިސްޓަރ ކުރައްވާ ބޭފުޅުންގެ ތެރެއިން އިންވިޓޭޝަން ލިބުމަށްފަހު 10 ދުވަސް ފަހުންވެސް ސްކީމްގައި ބައިވެރިވެނުލައްވާ ބޭފުޅުންގެ ލައިސަންސްތައް ބާތިލް ކުރުމުގެ އިހްތިޔާރު ބީ.ސީ.ސީ އަށް ލިބިގެން ވެއެވެ.
- ސްކީމްގައި ބައިވެރިވެވަޑައިގަތަސް، އެއްވެސް ކޯހެއްގައި އެންރޯލްވެނުލައްވާ ބޭފުޅުންގެ ލައިސަންސް 10 ދުވަސްފަހުން ބާތިލް ކުރުމުގެ އިހްތިޔާރު ބީ.ސީ.ސީ އަށް ލިބިގެން ވެއެވެ.
- ކޯހެއްގައި އެންރޯލް ވެފައި، ނަމަވެސް ކޯސް ފަށައިނުގަންނަ ބޭފުޅުންގެ ލައިސަންސް ވެސް 10 ދުވަސް ފަހުން ބާތިލު ކުރުމުގެ އިހްތިޔާރު ބީ.ސީ.ސީ އަށް ލިބިގެން ވެއެވެ.
މަތީގައި މިދެންނެވި ޕޮލިސީ އެޕްލައިވާނީ 28 ޖޫން 2020 އާއި 10 ސެޕްޓެންބަރ 2020 އާއި ދޭތެރޭގައި ރަޖިސްޓަރ ކުރައްވާ ބޭފުޅުންނަށެވެ. މި ސްކީމްއާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާ ޑޮކިއުމަންޓްތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ނުވަތަ ބީ.ސީ.ސީގެ ހޮޓްލައިން 7913535 މެދުވެރިކޮށް ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 12 އިން ހަވީރު 4 އަށް ގުޅުއްވުން އެދެމެވެ.