ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމާއި ރުއްގަސް އިންދުމާގުޅޭ އުޞޫލް ހެދުމަށް ކޮމިޓީ އެކުލަވާލުމާގުޅޭ

އިޢުލާން

ދަނޑުވެރިކަން ކުރުމާއި ރުއްގަސް އިންދުމާގުޅޭ އުޞޫލް ހެދުމަށް ކޮމިޓީ އެކުލަވާލުމާގުޅޭ

       ހއ. ކެލާ ގައި ދަނޑުވެރިކަން ކުރުމާއި ރުއްގަސް އިންދުމާގުޅޭ އުޞޫލް ތައްޔާރުކުރުމަށް ކައުންސިލާއި އާންމު ރައްޔިތުން ހިމަނައިގެން ކޮމިޓީއެއް އެކުލަވާލަން ބޭނުންވެއެވެ. އެގޮތުން އާންމު ރައްޔިތުންގެ ތެރެއިން ކޮމިޓީއަށް ހޮވުމަށް ހަމަޖެހިފައިވަނީ 05 މީހުންނެވެ.

އާންމު ރައްޔިތުންގެ ތެރެއިން ކޮމިޓީއަށް ހޮވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު:

-  ކެލާގެ ރައްވެއްސެއް ކަމުގައިވުން

-  ދަނޑުވެރިންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތެއް ކަމުގައިވުން

-  ކޮމިޓީއަށް 05 ފަރާތަށްވުރެ އިތުރަށް ނަން ހުށަހަޅާފައިވާނަމަ ކޮމިޓީއަށް މީހުން ހޮވާނީ ގުރުއަތުލައިގެން

       ވީމާ މިކޮމިޓީއަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 30 ޖޫން 2020 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ކެލާ ކައުންސިލްގެ މޯބައިލް ނަންބަރު 9650027 އަށް އައިޑީކާޑުގެ ކޮޕީއާއިއެކު ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ.

24 ޖޫން 2020

24 ޖޫން 2020
ހޯދާ