ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (ވޭޖް)

އިޢުލާން

މިއިދާރާއަށް ވޭޖް އެމްޕްލޯއީމަންޓްގެ ދަށުން ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމް

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ / ހއ. ހޯރަފުށި

ކޯޕަރޭޓް އެފެއާޒް ޔުނިޓް

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއީމަންޓް (ވަޒީފާ ދޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 1. މި އިދާރާގެ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ސެކްޝަންގެ ކަމާބެހޭ މުވައްޒަފުންލައްވާ ފޭމަންޓް ވައުޗަރ ތައްޔާރުކޮށް ފައިސާ ދަންކަންޖެހޭ ފަރާތްތަކަށް ފައިސާ ދައްކައި އަދި ބަޖެޓް ބާކީ ކުރުން
 2. ކޮންމެ މަހަކު ބަޖެޓުން ޚަރަދުކުރެވުނު ފައިސާ އާއި ބާކީގެ ރިޕޯޓް މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
 3. މި އިދާރާއަށް ލިބޭ އާމްދަނީ ފައިސާ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ސެކްޝަންގެ ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ފައިސާ ބަލައިގަނެ އާމްދަނީ ޝީޓަށް އެންޓަރކޮށް އަދި ބެލެހެއްޓުން
 4. މި އިދާރާއިން ބަލަހައްޓާ އެކައުންޓްތައް ރިކޮންސައިލްކޮށް ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
 5. މި އިދާރާގެ އަހަރީ ބަޖެޓާއި ބަޖެޓް ސްޓޭޓްމަންޓް ސެކްސަންގެ މުވައްޒަފުންގެ އެހީތެރިކަމާއި އެކު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން
 6. މި އިދާރާގެ އަހަރީ އޮޑިޓްކުރުމުގައި އުޅުއްވާ އޮޑިޓަރުންނަށް އެހީތެރިވެދިނުން
 7. ބިޑް އިވެލުއޭޝަންއާއި ގުޅޭ މަސައްކަތް ކުރުމުގައި އިސް މުވައްޒަފެއްގެ ޚައިސިއްޔަތުން ބައިވެރިވުމާއި އަދި އިންސާފު ވެރިކަމާއި އެކު ބިޑްތައް އިވެލުވޭޓް ކުރުމާއި އަދި އެކަށީގެންވާ ފަރާތްތައް ބިޑް ޙަވާލު ކުރުމުގެ އެންމެހާ މަސައްކަތްތައް މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށްކޮށް ބެލެހެއްޓުން
 8. މި އިދާރާއަށް ގަންނަންޖެހޭ ތަކެއްޗާއި ހޯދަންޖެހޭ ޚިދުމަތްތައް ސެކްޝަންގެ ކަމާބެހޭ މުވައްޒަފުންލައްވާ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ކުރުވުމާއި އަދި ބެލެހެއްޓުން
 9. މި އިދާރާގެ ތިޖޫރީ ބެލެހެއްޓުމާއި އަދި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ އާއި އެހިނިހެން ފައިސާ ތިޖޫރީގައި ބެހެއްޓުމާއި އަދި ޖަމާކުރުންޖެހޭ ފައިސާ ތިޖޫރީން ނެގުމާއި ޖަމާކުރުންޖެހޭ އެކައުންޓްތަކަށް ޖަމާކުރުމާއި އަދި ކޮންމެ ހަފްތާއަކު އެއްފަހަރު ތިޖޫރީ ގުނުމަށްފަހު ރިކޮންސައިލްކޮށް ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން
 10. ކައުންސިލަށް ލިބެންޖެހޭ އެންމެހާފައިސާ މަހުން މަހަށް ހޯދުމަށްޓަކައި ފައިސާދައްކަންޖެހޭ ފަރާތްތަކުގެ ސައްޙަރަޖިސްޓަރީއެއް ތައްޔާރުކޮށް އެރަޖިސްޓަރީ އަޕްޑޭޓް ކުރުމާއިއެކު ފައިސާލިބެންޖެހޭފަރާތްތަކުން މަހުން މަހަށް ފައިސާހޯދުން.

 

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ޖީ.އެސް 3

އޮފިސަރ ގްރޭޑް 1

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް

33.1388 (ތިރީސްތިން ރުފިޔާ އެކެއް، ތިނެއް، އަށެއް، އަށެއް ލާރި)

(ރަސްމީ ހަގަޑި އިރަށް) 6 ގަޑިއިރަށްވުރެ އިތުރުވާނަމަ މިރޭޓުން އިތުރުވަގުތައް އުޖޫރަ ދެވޭނެއެވެ.

ނޯޓް: ގިނަވެގެން މަސައްކަތް ކުރުވޭނީ މަހަކު 250 ގަޑިއިރަށްވުރެ އިތުރުނުވާ ގޮތަށެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން  އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ޖޫން 28 އާއި 2020 ޖޫން 30 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ށ) އުވާލާފައިވާ ދަޢުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒިފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2020 ޖޫން 28 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް އެޕްލިކޭޝަން ފޯމާއި، ފޯމާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު  6500012 ނުވަތަ 6500030 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ޝައްވާލު 1441 

18 ޖޫން 2020
ހޯދާ