ދިވެހިރާއްޖެ
ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުން ހިންގޭ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ޅ. ފެލިވަރު އަދި ކޫއްޑޫއަށް ތިރީގައި ބަޔާން ކުރެވިފައިވާ މަސައްކަތްތައް ކުރަމަށް ޝައުގެވެރިވާފަރާތްތައް ހޯދުމަށް ހުޅުވާލަމެވެ.
ބޭނުންވާ ޢަދަދު: 4 (ޅ.ފެލިވަރަށް 2 ސާމްޕްލަރުން އަދި ކޫއްޑޫ އަށް 2 ސާމްޕްލަރުން)
މުއްދަތު: މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2 އަހަރު ދުވަސް.
މަސައްކަތުގެ އަގު: މަސައްކަތްކުރާ ކޮންމެ މަހަކަށް 4000/- ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ޅ. ފެލިވަރު އަދި ކޫއްޑޫ ބަނދަރުގައި
މަސައްކަތުގެ ތަފްސީލް:
- މަސްގަންނަ ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން، ދުވާލަކު 2 ދޯނީން ގެންނަ %20 މަހުގެ ދިގުމިން ނެގުން. މި މަސައްކަތް ހަފްތާއަކު 5 ދުވަހު ކުރަންވާނެއެވެ.
- މަސްވެރިކަމާއިގުޅޭ އެހެނިހެން މަޢުލޫމާތު (އެއްބަސްވުމުގައި ތަފްސީލް ކުރެވޭނެ) ނެގުމުގައި އެހީތެރިވެދިނުން.
- މިކަމަށް އެދި ހުށައަޅާ ފަރާތަކީ އެ ބަނދަރުގައި ވަޒީފާ އަދާކުރާ ފަރާތެއްނަމަ، މި މަސައްކަތް ކުރުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިއުން
- މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތައް ހޮވޭ ފަރާތެއްގެ ޒިންމާއެކެވެ.
ޕޮއިންޓް ދިނުމުގެ އުސޫލު :
- ތައުލީމީ ފެންވަރު: 50 މާކްސް (ގްރޭޑް 7 އެއް ނިންމާފައިވާ ފަރާތެއް ނަމަ ޖުމްލަ ޕޮއިންޓް، ގްރޭޑް 7 އަކަށްވުރެ ދަށުގެ ސަނަދެއް ނަމަ ، 25 މާކްސް )
- ތަޖުރިބާ : 50 މާކްސް (މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން އެހީތެރިވެދީފައިވާ، ނުވަތަ މިފަދަ ކަންކަމުގެ ތަމްރީން/ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުންތަކަށް ބަލާފައި ، 1 އަހަރާއި 5 އަހަރާއި ދެމެދުގެ ތަޖުރިބާއަށް ޖުމްލަ ޕޮއިންޓް އަދި 1 އަހަރުން ދަށުގެ ތަޖުރިބާ އަށް 25 މާކްސް )
ހުށަހަޅަންޖެހޭ ލިޔުންތައް:
- މި މަސައްކަތައް އެދި ހުށަހަޅާ ސިޓީ
- މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ތަޖުރިބާ އިނގޭނޭ ލިޔުން
މިމަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް ހުށައަޅަންވާނީ 17 ޖޫން 2020 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
[email protected] /[email protected]
މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް
ހ.ވައިޓްވޭސް
މޫންލައިޓް ހިނގުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3028718 އަދި 3028702 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.