ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ އިސް މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

އިޖުތިމާޢީ އިސް މަސައްކަތު

ބޭނުންވާ ޢަދަދު: 01   

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

އުޖޫރަ:  

މަހަކު ޖުމްލަ 3800/- (ތިންހާސް އަށްސަތޭކަ ރުފިޔާ)

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް (ޙަފްތާއަކު 6 ދުވާލަކު 5 ގަޑިއިރު) ކޮންމެ ދުވަހަކު

  • ހެނދުނު 06:00 އިން 08:30 އަށް
  • މެންދުރުފަހު 15:30 އިން 18:00 އަށް.

އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ފެންވަރު:

1-   ލިޔަން ކިޔަން ދަތުމާއެކު، ކުނިކެހުމާއި ވިނަނޮޅުމާއި ގަސްކޮށުމުގެ މަސައްކަތް ސުޕަރަވައިޒަރުގެ ބެލުމުގެ ދަށުން މަސައްކަތްތެރިން ލައްވާ ކުރުވަން އެނގުން.

ޝަރުޠު:  ޢުމުރުން 65 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ގިނަވަގުތު މަސައްކަތުގައި އުޅެވުން.
  2. ކުނިކެހުމާއި ވިނަނޮޅުމާއި ގަސްކޮށުމުގެ ހުނަރު.
  3. މީހުން ގޮވައިގެން މަސައްކަތްކުރުމުގެ ހުނަރު.

ވަޒީފާއަށް މީހުން ޢައްޔަނު ކުރުމުގައި އިސްކަންދޭނެ ކަންތައްތައް:

ކުނިކެހުމާއި ވިނަ ނޮޅުމާއި ގަސްކޮށުމުގެ އިޖުތިމާޢީ މަސައްކަތް ކުރުމުގެ 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  1. ސުޕަރވައިޒަރުގެ ބެލުމުގެ ދަށުން ރަށުގެ އެކި ސަރަހައްދު ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުން.
  2. ރަށުގެ ސަރަހައްދުތައް ފެހިކޮށް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް، ކައުންސިލް އިދާރާއިން އިރުޝާދު ދޭގޮތުގެ މަތިން ސުޕަރވައިޒަރުގެ ބެލުމުގެ ދަށުން މަސައްކަތްތެރިން ލައްވާ ކުރުން.
  3. ކައުންސިލުން ބަލަހައްޓާ  ޢިމާރާތްތަކުގެ ސިޑިބަރިތަކާއި ވައިގޮޅި އަދި ކޮމަން އޭރިޔާތައް ސުޕަރވައިޒަރުގެ ބެލުމުގެ ދަށުން މަސައްކަތްތެރިން ލައްވާ ކުނިކަހައި ފޮޅާ ސާފުކުރުން.
  4. ތިނަދޫގައި ބާއްވާ ހާއްސަ ރަސްމިއްޔާތުތަކަށް ތިނަދޫ ކައުންސިލް އިދާރާއިން އިރުޝާދު ދޭގޮތަކަށް މަގުތަކާއި ސަރަހައްދުތައް ކުނިކަހައި ސާފުކުރުން.
  5. ރަށުގެ އެކި ސަރަޙައްދު ތަކުގައިވާ ރުއްގަސް ސާފުކޮށް ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރުން.
  6. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

11 ޖޫން 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

10 ޝައްވާލު 1441

02 ޖޫން 2020

08 ޖޫން 2020
ހޯދާ