ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަންކިއުން

                               މި އިދާރާގެ ނަންބަރު (IUL)384-B/2020/28 ޢިއުލާނާއި ގުޅިގެން، އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ އަލުން އިޢުލާން ކުރީމެވެ.

               މިގޮތުން މިރަށު ޣާޒީމަގުގެ އުތުރުކޮޅާއި، ދެކުނުކޮޅާއި، އަދި ބޮޑުތަކުރުފާނު މަގުގެ ދެކުނުކޮޅުން މަގަށް ދަތިވާތީ ނަގާފައިހުރި ރުއްތައް ނީލަންކިއުން 2020 ޖޫން 15 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ބޮޑުތަކުރުފާނު މަގުގެ ދެކުނުކޮޅު ހިއްކި ސަރަޙައްދުގައި ރުއް ބަހައްޓާފައި ހުރި ސަރަހައްދުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތި ފައިސާ ދެއްކުމަށްފަހު 7 ދުވަސްތެރޭގައި ނަންގަވައި ތަންސާފުކުރަންވާނެއެވެ.  

               ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް ރުއްތައް ހުރި ސަރަހައްދަށް ވަޑައިގެން ދެއްވުން އެދެމެވެ.

ނީލަންކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

30 ރުއް

1 ހިރުނދުގަސް (ބޮޑު)

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

              

08 ޖޫން 2020
ހޯދާ