ދިވެހިރާއްޖެ
އިޢުލާން
އައްޑޫގެ އެކި އަވަށްތަކުގައި ހުރި ހުސް ބިންތަކުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ޢުމްރާނީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް އެކި ފަރާތްތަކުން ކުރަމުންގެންދާކަންވަނީ ފާހަގަކުރެވިފައެވެ. ކައުންސިލްގެ ހުއްދައަކާއި ނުލައި ހުސްބިންތަކުގައި އެފަދަ މަސައްކަތްކުރަމުން ގެންދިއުމަކީ މަނާކަމެކެވެ.
ވީމާ، ކައުންސިލްގެ ހުއްދައާއި ނުލައި އައްޑޫގެ އެކި އަވަށްތަކުގައި ހުރި ހުސްބިންތަކުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ނުކުރުމަށް ދަންނަވަމެވެ. މިފަދައިން މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުން ކޮށްފައިވާ މަސައްކަތަކަށް ލިބިދާނޭ ގެއްލުމަށް ކައުންސިލުން ޒިންމާނުވާނޭ ވާހަކަ ދަންނަވަމެވެ. އަދި މިފަދައިން މަސައްކަތްކުރަމުން ގެންދާނަމަ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެއްގޮތަށް ފިޔަވަޅުއަޅަމުން ގެންދާނެ ވާހަކަވެސް ދެންނެވީމެވެ.
08 ޝައްވާލް 1441