އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށްދޫކޮށްފައިވާ ކުލީ ބިންތަކުގެ ކުލި ފަސްކުރުމަށާއި ކުލީ ބިންތަކުގެ އެއްބަސްވުންތަކުގައި ޢަމަލުކުރުމަށް ހުރި ކަންކަން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމާއި ގުޅޭ

އިޢުލާން

އައްޑޫ ސިޓީ އިން އެކި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް 06 މަސް ދުވަހަށް ކުލި ފަސްކޮށްދިނުމަށް ކައުންސިލުން ނިންމާފައިވެއެވެ. އަދި މި މުއްދަތުގައި ކުލީ ބިންތަކުގެ އެއްބަސްވުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މާއްދާތަކަށް ޢަމަލުކުރުން ފަސްކުރުމަށް ވެސް ކައުންސިލުން ނިންމާފައިވެއެވެ.

އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ 06 މަސް ދުވަހުގެ ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި، ކުލީ ބިންތަކުގެ އެއްބަސްވުމުގައި ބުނެވިދިޔަ މުއްދަތުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް 2020 ޖޫން 30 ވަނަ ދުވަހުގެ ކުރިން މެއިލްގެ ޒަރިއްޔާއިން ހުށަހެޅުމަށް ދަންނަވަމެވެ.  އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުންތައް ހުށަހަޅަންވާނީ ސިޓީއަކާއި ކުލީބިމުގެ އެއްބަސްވުމުގެ ކޮޕީއަކާއި އެކު [email protected]  އަށެވެ.

08 ޝައްވާލް 1441

31 މޭ 2020
ހޯދާ