މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ބޯޓު " އުފުލި 3 " ރަޖިސްޓްރީ ނަންބަރު:G4107A-03 10-T ނީލަމުގައި ވިއްކާލުމާ ބެހޭ

ބޯޓު " އުފުލި 3 "  ރަޖިސްޓްރީ ނަންބަރު:G4107A-03 10-T   ނީލަމުގައި ވިއްކާލުމާ ބެހޭގޮތުން 21 މެއި 2020 ގައި އާއްމުކޮށްފައިވާ ނަންބަރު: (IUL)438-PRCU/1/2020/13 އިއުލާނާއި ހަވާލާދީ ދަންނަވަމެވެ. މި ނީލަމާއި ގުޅިގެން 26 މެއި 2020 ގެ 1300 ގެ ކުރިން ހުށަހަޅާފައިވާ 40،173 (ސާޅީސް ހާސް އެއް ސަތޭކަ ހަތްދިހަ ތިނެއް) ރުފިޔާ ގެ އަގަށް ވުރެ މަތިން 28 މެއި 2020 ގެ 1300 އާ ހަމައަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވެއެވެ.ވީމާ "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނެއްތައިލުމުގައި އަމަލުކުރާނޭ ގޮތުގެ އުސޫލު" އާ އެއްގޮތް ވާ ގޮތުގެ މަތިން ނީލަމުގެ މުއްދަތު ތެރޭގައި ޖެހިޖެހިގެން 48 (ސާޅިސް އަށެއް) ގަޑިއިރު ވަންދެން އެންމެ މަތީ އަގެއްގެ ގޮތުގައި އެއް އަގެއް އޮތުމުން، 40،173 (ސާޅީސް ހާސް އެއް ސަތޭކަ ހަތްދިހަ ތިނެއް) ރުފިޔާ ގެ އަގު ހުށަހަޅާފައިވާ އިސްކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ނީލަން ކާމިޔާބުކޮށްފައިވާކަމާއި، ނީލަން ނިމުނު ވާހަކަ މައުލުމާތަށްޓަކައި އަންގާ އިއުލާނުކުރަމެވެ.

28 މޭ 2020
ހޯދާ