އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ގާޑިޔާތައް ހުޅުވުމާއި ގުޅޭ

އިޢުލާން

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ  (ޗ) އާއި  ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/39 އެންގުމުގެ މައްޗަށް ރިޢާޔަތްކޮށް، އައްޑޫގެ ސޯޝަލް ސަޕޯޓް ޑެސްކް (އެސް.އެސް.ޑީ) ތަކުން ހުއްދަދޫކުރާ ގާޑިޔާތައް 2020 މޭ 27 ވަނަ ދުވަހުން ފެށިގެން ހުޅުވުމަށް ވަނީ ނިންމާފައެވެ. އެގޮތުން  ގާޑިޔާތައް ހުޅުވައިގެން ޚިދުމަތް ދެމުން ގެންދަންވާނީ ހެނދުނު 06:00 އިން 18:00 އަށެވެ. އެސް.އެސް.ޑީ ތަކުން ގާޑިޔާތައް ހުޅުވުމަށް ހުއްދަދިނުމުގައި ބަލާނީ ގައިޑްލައިންގައިވާ ގާޑިޔާތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައި ހުރިތޯއެވެ.  އަދި ގާޑިޔާތަކުން ޚިދުމަތް ދިނުމުގައި ޢާއްމު ފަރާތްތަކުންނާއި ގާޑިޔާތައް ހުޅުވައިގެން ހިންގާ ފަރާތްތަކުން މިއިޢުލާނާއި އެކުގައިވާ ގައިޑްލައިންއާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ.

ގާޑިޔާތަކުންނާއި އެތަންތަނުން ޚިދުމަތްހޯދާ ފަރާތްތަކުން އަމަލުކުރާނެގޮތުގެ ގައިޑްލައިން

  1. ގާޑިޔާތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް:

(ހ) ގާޑިޔާތަކަށް މީހުން ވެއްދުމުގައި ގައިދުރުކަން ބެހެއްޓޭނެ ފަދައަކުން އިންތިޒާމްތައް ހަމަޖައްސާފައިހުރުން؛

(ށ) ކަސްޓަމަރުންނާއި ގާޑިޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ދެމެދު ގައިދުރުކަން ބެހެއްޓޭނެފަދަ ގޮތަކަށް މުޢާމަލާތްކުރެވޭނެގޮތް ހަމަޖައްސާފައި ހުރުން؛

(ނ) ގާޑިޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހޭންޑް ސެނަޓައިޒް ނުވަތަ އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިހުރުން؛

(ރ) ގާޑިޔާތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި މާސްކު އަޅައި އަންގިލައްވައިގެން ހުރުން؛ އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުން؛

(ބ) ކަސްޓަމަރުން އޯޑަރކުރުމުން އެ ކަސްޓަމަރު އަންނަ ގަޑިއަށް މުދާ ތައްޔާރަށް ބެހެއްޓުން؛

(ޅ) ގާޑިޔާތަކުން ދުފާއެއްޗެހި ވިއްކާނަމަ ހަމައެކަނި ޕެކެޓްގައި ދުފާއެއްޗެހި ވިއްކުން؛

(ކ) ގާޑިޔާތަކުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛ އަދި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެހެން ގާޑިޔާތަކުގައި ބެހެއްޓުން؛

 

2. ގާޑިޔާތަކުން ޚިދުމަތްހޯދާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް:

(ހ) ގާޑިޔާތަކަށް ދިއުމުގެ ކުރިން އަދި ފަހުން ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނަޓައިޒްކުރުން؛

(ށ) ގެއިން ގާޑިޔާތަކަށްދާއިރު މާސްކް އަޅައިގެން ދިއުން؛

(ނ) އޮންލައިންކޮށް ތަކެތި ގަނެވޭނަމަ، އެގޮތް އިޚްތިޔާރުކުރުން؛

(ރ) އޯޑަރުދެވޭ އިންތިޒާމް ހަމަޖެހިފައިވާނަމަ، ދުރާލާ ގުޅައިގެން އޯޑަރު ދިނުމަށްފަހު ގާޑިޔާތަކަށް ދިޔުން؛

(ބ) ގެއިން ވިޔަފާރިކުރުމަށް ދާއިރު އަމިއްލަ ކޮތަޅު ގެންދިއުން؛

(ޅ) ގާޑިޔާތަކުގެ ބޭރުގައި މީހުން އެއްވެ ތަކެތި ގަންނަން ޖެހިއްޖެނަމަ، މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުން؛

(ކ) ބަލިވެ އުޅޭނަމަ ނުވަތަ ބައްޔެއްގެ ޢަލާމާތް ހުރި ފަރާތްތަކުން ގާޑިޔާތަކަށް ނުދިއުން؛

(އ) މަގުމައްޗަށް ނުކުމެ އުޅޭއިރު، ހުރިހާ ވަގުތެއްގައިވެސް މަދުވެގެން 3 ފޫޓްގެ ގައިދުރުކަން ބެހެއްޓުން؛

(ވ) ގާޑިޔާތަކުގައި ހުންނަ ތަކެތީގައި އަތްނުލުމަށް ސަމާލުކަންދިނުން؛ އަދި ގަންނަން ބޭނުންވާ މުދަލުގައި އެކަނި    އަތްލުމަށް ސަމާލުކަންދިނުން؛

(މ) ގާޑިޔާތަކުން ގަންނަ މުދަލަށް ފައިސާ ދެއްކުމުގައި އޮންލައިންކޮށް ފައިސާ ދެއްކުމަށް އިސްކަންދިނުން.

 

03 ޝައްވާލް 1441

26 މޭ 2020
ހޯދާ