މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ވިސާ ފީ ޖޫރިމަނާ އާއި ބެހޭ

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 19 މާރޗް 2020 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރެވިފައިވުމާއި އަދި  (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ނެރުއްވާފައިވާ އެންގުމާއި ގުޅިގެން ދަންނަވަމެވެ.

މި މުއްދަތުގެ ތެރޭގައި ޓުއަރިސްޓު ވީޒާ، ޑިޕެންޑެންޓު ވީޒާ، ވާރކް  ވީޒާ އަދި އެހެނިހެން ވީޒާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވީޒާގެ މުއްދަތު އިތުރުކުރުމާއި ވީޒާ ފައިސާ ދެއްކުމުގައި އާއްމު ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ، ވީޒާ ފައިސާ ދެއްކުމަށް ދަތިވެފައިވާކަން މި އިދާރާއަށް ފާހަގަ ކުރެވިފައިވެއެވެ.

ވީމާ ދަންނަވަމެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި އަދި މާލޭގެ މަގުމައްޗަށް ނިކުމެ އުޅުން މަނާ ކުރުމާއި ގުޅިގެން، ވީޒާ ފައިސާ ދެއްކުމުގައި ދަތިވެފައިވާތީވެ، 19 މާރޗް 2020 އިން ފެށިގެން 30 ޖޫން 2020 ދެމެދަށް ވީޒާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވީޒާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށް ހަމަޖެހިފައިވާކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 މޭ 2020
ހޯދާ