މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހަށް ބަދަލު ދިނުމާއި ގުޅޭ

އިޢުލާން

 

ރުއްގަހަށް ބަދަލު ދިނުމާއި ގުޅޭ

ގަވާއިދުން ހުއްދަ ލިބިގެން ގޯތިން ބޭރުގައި އިންދާ ހައްދާފައިވާ ރުއްގަހުގެ ތެރެއިން ކައުންސިލުގެ އެކިއެކި ބޭނުންތަކަށާއި، މަގުތައް ހެދުމާއި ކަރަންޓާއި ނަރުދަމާ އެޅުމަށާއި ސަރުކާރުގެ އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ނެގިފައިވާ ރުއްގަސް ނައްތާލެވިފައިވަނީ ވެރިފަރާތްތަކަށް ބަދަލު ނުދީކަމަށް ބުނެ ޝަކުވާ ކުރަމުންދާތީ ދަންނަވަމެވެ.

މަތީގައި ދެންނެވިފައިވާ ގޮތަށް ބަދަލުގެ ކަންތައް ހަމަނުޖެހި މިހާތަނަށް ނެގިފައިވާ ރުއްގަހުގެ މަޢުލޫމާތު މިކައުންސިލުން ހޯދުމަށް ބޭނުންވެއެވެ.  

ވީމާ، ކައުންސިލުގެ ބޭނުންތަކަށާއި ސަރުކާރުގެ ބޭނުންތަކަށް އަދި މަގުތަކާއި ގޯޅިތަކަށް އަރާއިގެން ނެގިފައިވާ ރުއްގަހާއި ކަރަންޓާއި ނަރުދަމާ އެޅުމުގެ ތެރޭގައި ނެގިފައިވާ ރުއްގަހުގެ ތެރެއިން ބަދަލުގެ ކަންތައް ހަމަނުޖައްސާ ނަގާފައިވާ ރުއްގަހުގެ މަޢުލޫމާތު 04 ޖޫން 2020  ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގެ ކުރިން މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ރަމަޟާން 1441

12 މޭ 2020
ހޯދާ