ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ސަމާލުކަމަށް

އިޢުލާން

 

ރައްޔިތުންގެ ސަމާލުކަމަށް

 

ދިވެހިރާއްޖޭގެ ވެރިރަށް މާލެ އާއި އަތޮޅުތެރޭގެ ބައެއްރަށުގައި ކޮވިޑް-19 ވައިރަސް ހަލުވި ކަމާއިއެކު ފެތުރެމުންދާތީ، އެކަމުން ރައްކާތެރިވެ ތިބުމަށް ރަށުފެންވަރުގައި ކުރެވެން ހުރި މަސައްކަތްތަށް ކުނަހަންދޫ ކައުންސިލްގެ ފަރާތުން މިދަނީ ކުރަމުންނެވެ. ނަމަވެސް ކައުންސިލުން މި މަސައްކަތް ކުރިކަމުގައި ވިޔަސް ރަށުގެ ރައްޔިތުންގެ އެހީތެރި ކަމާއި އެއްބާރުލުން މި ކަމުގައި ނިހާޔަތަށް ބޭނުންވެއެވެ. އެގޮތުން އެޗް،ޕީ،އޭ އިން އަންގާ އެންގުންތަކާއި، ކައުންސިލުން ސަރުކާރު ގެޒެޓްގައި ޢާންމު ކޮއްފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމާއި، ވަކި މީހަކަށް ބަރޯސާނުވެ ފަރުދީ ޒިންމާ ނެންގުމަކީ ރައްކާތެރި ވުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިންމު އެއްކަމެވެ.

ޙާއްސަކޮށް ރާއްޖެތެރޭގެ ރަށްރަށުގައި ސަލާމަތީ ގޮތުން ބޭނުން ކުރާނެ ވަސީލަތްތަށް އެކަށީގެންވާ ވަރަށް ނެތުމާއި އެކު ބަލިފެތުރުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން ތިމާމީހާ އާއި އެހެންފަރުދުންގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމުގެ ގޮތުން ކުނަހަންދޫއިން އެހެންރަށްރަށް ކުރާ ދަތުރުތަށް މި ހިނދުން ހުއްޓާލަން އެބަޖެހެއެވެ. ނަމަވެސް ޟަރޫރީ ބޭނުންތަކުގައި ކޮންމެހެން ދާންޖެހިއްޖެ ހާލަތުގައި ޑޮކްޓަރުގެ ލަފާގެ މަތިން ދަތުރު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދެވޭނެއެވެ. އެނޫން ދަތުރުތަކަށް ހުއްދަ ދެވޭނީ ކާބޯތަކެތި ކޮންމެހެން ފޯރުކޮއްދޭން ޖެހޭ ހަލަތުގައެވެ. އަދި މިފަދަ ދަތުރު ތަށް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ކައުންސިލުން ހުއްދަ ދޫކުރެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެނދުރުފަހު 13:00ށެވެ. އެނޫން ގަޑިތަކުގައި ދަތުރު ހުއްދަ ދިނުމުގެ ކަންކަން މަޑުޖައްސާލައިފައިވާ ކަމުގައި ދަންނަވަމެވެ. ނަމަވެސް ސިއްޙީ ހިދުމަތް ހޯދަން ރަށުން ބޭރަށް ފުރަންޖެހޭ ފަރާތްތަށް އިސްތިސްނާ ވާނެއެވެ.     

             ވީމާ، ކައުންސިލުން ދެއްވާ އިރުޝާދު ތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ. އަދި މި ދަނޑިވަޅުގައި މިކަންކަމަށް އިޖާބަދެއްވައި އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރުދައްނަވަމެވެ. ޙާސަކޮށް ވޮލަންޓިއަރުންގެ ގޮތުގައި މުޖުތަމައުގެ ރައްކާތެރިކަމަށް ބަނދަރު ޑިއުޓީ އާއި އެނޫން ގޮތްގޮތުން ކައުންސިލަށް އެއްބާރުލުން ދެއްވާ ފަރާތްތަށް ފާހަގަކޮށްލަމެވެ. އަދި އެފަދަ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަން ބޭނުން ފަރާތްތަކަށް ކައުންސިލުން މަރުޙަބާކިޔަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

17 ރަމަޟާން  1441                                   

11  މެއި 2020

11 މޭ 2020
ހޯދާ