ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިއްސާރައިގައި ލިބުނު ގެއްލުމުގެ ތަފްޞީލް

ވިއްސާރައިގައި ލިބުނު ގެއްލުމުގެ ތަފްޞީލް އެއްކުރުން

 

                08 މެއި 2020 ވަނަ ދުވަހުގެރޭ ހަނިމާދުއަށްކުރި ވިއްސާރައިގައި ވަރަށް ގަދައަށް ވިދާ ގުގުރުމުގެ ސަބަބުން ބައެއް ގެތަކުގައި ގެއްގުޅޭ އަގު ބޮޑު ތަކެއްޗަށާއި، ރަކަންޓް ކޭބަލްތަކާ، މިނޫންވެސް ތަކެއްޗައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މި ވިއްސާރައިގައި ލިބުނު ގެއްލުންތައް ބަޔާންކޮށް މިދަންނަވާ މަޢުލޫމާތުތައް ހިމަނާ ލިއުމެއް 14 މެއި 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން 7743397 އަށް ވައިބަރ ކޮށްދެއްވެވުން އެދެމެވެ.

  1. ގޭގެ ނަން:
  2. ގޭގެ ވެރިފަރާތް ނުވަތަ ޒިންމާވާ ފަރާތުގެ ނަމާއި އެޑްރެސް އައި ޑީ ކާޑު ނަންބަރ:
  3. ލިބުނު ގެއްލުން (ބާވަތް، މިސާލު ޓީވީ ސައިޒް ބުރޭންޑް މިގޮތައް) ހުރިހާ ބާވަތެއް އެނގޭނޭހެން.

މިހެންވެ މިކަން އާއްމުކޮށް އެއްގުމަށް ޓަކައި އިޢުލާން ކުރީމެވެ.

09 މޭ 2020
ހޯދާ