މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތްތަކާގުޅޭ

އިޢްލާން

 

ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތްތަކާގުޅޭ

މި މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް 10 މެއި 2020 އިން ފެށިގެން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ވިޔަފާރިއާގުޅޭ ޚިދުމަތްތަކަށް އެދުމަށް ހުށަހެޅޭނީ، މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv ނުވަތަ އީމެއިލް އެޑްރެސް [email protected]  .މެދުވެރިކޮށެވެ

ޚިދުމަތްތަކުގެ ތަފްޞީލު

1-    ވިޔަފާރި ނަން ފާސްކުރުން

2-    ވިޔަފާރި ނަން ރަޖިސްޓްރީކުރުން

3-    އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން

4-    ކުންފުނި ރަޖިސްޓްރީކުރުން

5-    ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން

6-    ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން

7-    ލޯގޯ ރަޖިސްޓްރީކުރުން

8-    ސީލް ރަޖިސްޓްރީކުރުން

9-    ޓްރޭޑްމަރކް ރަޖިސްޓްރީކުރުން

10- ވިޔަފާރި ޙަރަކާތް ރަޖިސްޓަރީކުރުން

11- ކުންފުނި / ޕާރޓްނަރޝިޕް އުވާލަން ހުށަހެޅުން

12- ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކުރުން

މީގެ އިތުރުން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރ 1691 މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާ ގުޅިގެން، އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

07 މޭ 2020
ހޯދާ