މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ.ތިނަދޫ، ބ.އޭދަފުށި އަދި ޅ.ހިންނަވަރުގައި ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް، ޓްރާންސްފަރ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް

   ޕްރީކޮލިފައިވުމަށް ހުށަހެޅުމުގެ ދަޢުވަތު  

އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓް

ARISE – P172788 

އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ.ތިނަދޫ، ބ.އޭދަފުށި އަދި ޅ.ހިންނަވަރުގައި ޑިޒައިން،ބިލްޑް،ފައިނޭންސް،އޯން،އޮޕަރޭޓް،ޓްރާންސްފަރ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް

IFB No.: 001/172788

1. ކަރަންޓު އުފެއްދުމަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ފޯރުކޮށްދޭ ނިޒާމުތައް ގާއިމުކުރުމަށްޓަކައި ވާރލްޑް ބޭންކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާއެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓް ގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރުގައި ޑިޒައިން،ބިލްޑް،ފައިނޭންސް،އޯން،އޮޕެރޭޓް،ޓްރާންސްފަރ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ވަނީ 2 ލޮޓަކަށް ބަހާލާފައެވެ.

ލޮޓް 1: 10 މެގަވޮޓް ފްލޯޓިންގ ސޯލާ ޕީވީ - އައްޑޫ ސިޓީ

ލޮޓް 2: 11 މެގަވޮޓް ލޭންޑް ބޭސްޑް ސޯލާ ޕީވީ – އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރު

2. ވީމާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ބޭނުމަށް މަތީގައި ބަޔާން ކޮށްފައިވާ ރަށްތަކުގައި ’ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕެރޭޓް، ޓްރާންސްފަރ‘ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ (IUL)13-K/13/2020/79 އިއުލާނުގައިވާ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށް، މިމަސައްކަތް ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފއިވުމަށް ކުރިމަތިލުމުގެ ދަޢުވަތު އަރުވަމެވެ. ޕްރިކޮލިފައިވުމަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ލޮޓްތަކަށް ވަކިވަކިން، ނުވަތަ އެއްކޮށްވެސް  އެޕްލިކޭޝަން ހުށަހެޅޭނެއެވެ.  އަދި ޕްރިކޮލިފައިވާން ބޭނުންވާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.

3. މަސައްކަތްތަކަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން، ވަރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އައި.ޕީ.އެފް. ބްރޮވަރސް" ޖުލައި 2016 ގެ ރިވައިޒްޑް ނޮވެންބަރު 2017 އަދި އޮގަސްޓް 2018ގެ (ޕްރޮކިއުމަންޓް ރެގިއުލޭޝަން) ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

4. ޕްރީކޮލިފިކޭޝަން ޕްރޮސެސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2020 ޖަނަވަރީ 30 އިން 2020 ޖުލައި 22 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ޕްރިކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

 i. ޕްރިކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް

 ii. އެޕްލިކޭޝަނާ ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު

 iii. ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

5. މި ޕްރޮޖެކްޓުގެ ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

6. ޕްރީކޮލިފިކޭޝަން އެޕްލިކޭޝަންތައް 2020 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އިޢުލާނުގެ7  ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އެޕްލިކޭޝަންތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ޕްރީކޮލިފިކޭޝަނަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު، އަދި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

7. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    :  3349102   (960+)

އީމެއިލް  : [email protected]

ކޮޕީ    : [email protected]

8. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.

www.finance.gov.mv

www.devbusiness.com

www.gazette.gov.mv

 7 މޭ 2020

07 މޭ 2020
ހޯދާ