މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އަގު ކޮންޓްރޯލުކޮށްފައިވާ މުދަލުގެ ބާވަތްތައް ކަނޑައަޅާފައިވާ ރީޓެއިލް އަގަށްވުރެ ބޮޑުކޮށް ވިއްކާ ފަރާތްތަކުގެ ޝަކުވާތަކާބެހޭ

އިޢުލާން

 

އަގު ކޮންޓްރޯލުކޮށްފައިވާ މުދަލުގެ ބާވަތްތައް ކަނޑައަޅާފައިވާ ރީޓެއިލް އަގަށްވުރެ ބޮޑުކޮށް ވިއްކާ ފަރާތްތަކުގެ ޝަކުވާތަކާބެހޭ

 

      ޤާނޫނު ނަންބަރު 96/01 (މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުދަލެއް ވަކިވަކިން ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވަނިކޮށް، ކޮންޓްރޯލުކުރެވުނު އަގަށްވުރެ ބޮޑުކޮށް، މުދާ ވިއްކަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަ ތަކުރާރުކޮށް ދަންނަވަމެވެ.

 

މިގޮތުން، އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަމަށް މިމިނިސްޓްރީއަށް ފާހަގަކުރެވޭ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އަދި 6 (ހައެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެއެވެ.

އަގު ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޝަކުވާ ހުށަހަޅުއްވާނީ، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށެވެ.

22 އޭޕްރިލް 2020
ހޯދާ