ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮކްޑައުން ކުރުމާއި ގުޅޭ

 ކޮވިޑް-19 ފެތުރުމުގެ ބިރު ކުޅުދުއްފުށި ސިޓީގައިވެސް މި ވަނީ ބޮޑުވެފައެވެ. ބަލި ފެތުރުން ކޮންޓްރޯލު ކޮށް ރައްކާތެރިވުމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ދަށުން 21 އެޕްރީލް 2020 ގެ (މިއަދު) މެންދުރު 12:00 އިން ފެށިގެން 24 އެޕްރީލް 2020 ގެ 12:00 އަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.

 މިއީ އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުންވި ހާލަތެއް ނޫން ކަމުގައި ވާއިރު، މި ކާފިއު ތަންފީޒު ކުރުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުމަށް އެދެމެވެ. މި ވަގުތު ކޮންމެހެން ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާނެ ފާސްތައް ތައްޔާރުކުރުމާއި އަދި ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ ހުއްދަތައް ތައްޔާރު ކުރުމުގެ މަސައްކަތްކޮށް ފާސް ދޫކުރުން މިހާރުވެސް ކުރިއަށް ދާ ވާހަކަ ދެންނެވީމެވެ. ފާސްތަކާ ގުޅޭގޮތުން ގުޅުއްވާނީ 6523016، 6523017، 6523018، 6521531 އާއެވެ.

 ލޮކްޑައުން ހާލަތުގައި ކާބޯތެކެއްޗާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެދެމެވެ. ކާބޯތަތި ހޯދުމުގައި ރޭވިގެން އޯޑަރު ދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެންނެވީމެވެ. ކުޅުދުއްފުށި ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް 6527173 އަށް ގުޅުވުއްވުމުން ލިބިވަޑައިގަންނަވާނެ ކަމުގައި ދެންނެވީމެވެ. މިވަގުތު ސޯޝަލް ސަޕޯޓް ޑެސްކަށް ގިނަބަޔަކު ގުޅަމުން ގެންދާތީ ރައްޔިތުންގެ ކެތްތެރިކަމާއި އެއްބާރުލުމަށް އެދެމެވެ. ފޯނުން ނުގުޅިއްޖެ ހާލަތެއްގައި ސޯޝަލް ސަޕޯޓް ޑެސްކުގެ ހޮޓްލައިން 9531312 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

  ލޮކްޑައުންގެ ހާލަތު ތަންފީޒު ކުރެވިގެންދާއިރު ރައްޔިތުންގެ ކެތްތެރިކަމާއި އެއްބާރުލުން ދިނުމަކީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ކޮންމެހެން މުހިއްމު ކަމެކެވެ.  އަދި ސަލާމަތީ ބާރުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންގެ ނުހަނު ބޮޑު އެދުމެކެވެ.

21 އޭޕްރިލް 2020
ހޯދާ