ދިވެހިރާއްޖެ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: IUL)MMPRC-HR/1/2020/13)
ވަޒީފާގެ ފުރުޞަތު |
|
މަޤާމުގެ ނަން: މަލްޓިމީޑިއާ ކޯޑިނޭޓަރ |
- މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް: -/2,360 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ |
ބޭނުންވާ އަދަދު: 1 |
ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ) ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 (އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ) ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - މި ކޯޕަރޭޝަނުގެ ޑިޖިޓަލްމީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން. - ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކޮންމެ އަހަރަކު ތައްޔާރުކުރެވޭ ޑިޖިޓަލް އެންޑް އޮންލައިން މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން. - މި ކޯޕަރޭޝަނުން ކުރިއަށްގެންދެވޭ އެކި މާކެޓިންގެ ކެމްޕެއިންތަކުގެ މައުލޫމާތު ސުޕަވައިޒަރުގެ ލަފާގެދަށުން ކަނޑައެޅޭ މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުން. - ޑިޖިޓަލް މާކެޓިންގ ކެމްޕެއިންތައް ހަރުދަނާކުރުން. - ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކުރިއަށްގެންދެވޭ އޮންލައިން ޖޮއިންޓް ކެމްޕެއިންތަކުގެ މައުލޫމާތު ހޯދައި މެނޭޖްމަންޓާއި ހިއްސާކުރުން. - ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމްތަކަށް އަންނަ ބަދަލުތައް ދެނެގަނެ އެބަދަލުތަކަށް އަހުލުވެރިވެ އެ ބަދަލުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން. - މިކޯޕަރޭޝަނުގެ ފަރާތުން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަދި އެހެނިހެން ބޭނުންތަކަށް ޑިޒައިން ކުރަން ބޭނުންވާ ތަކެތި ޑިޒައިންކުރަންޖެހިއްޖެ ހާލަތެއްގައި ޑިޒައިންކުރުން. - ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
|
ފޯމު ހުށައަޅަންވީ ތާރީޚް: 28 އެޕްރީލް 2020 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން[email protected] އަށް އީމެއިލް ކުރުން. |
|
:ހުށައަޅަންޖެހޭ ލިޔުންތައް - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން. - ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ). |
|
:އިތުރު މަޢްލޫމާތު
އެޑްރެސް ކުރައްވާނީ: ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |