އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރު ދިއުމާއި މާހެފުން ބޭއްވުމާއި އާންމު ތަންތަނަށް އެއްވެ އުޅުމާއި ގުޅޭ

އިޢުލާން

މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ  ކޮވިޑް 19 އަށް މަލެއިން 03 ފަރާތެއް މިވަނީ ޕޮޒިޓިވްވެފައެވެ. މާލެއާއި އައްޑޫސިޓީއާއި ދެމެދު ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން ވައިގެމަގުން ދަތުރު ކޮށްފައިވާއިރު ރޯގާއާއި ގުޅޭ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ، އައްޑޫ ފްލޫކުލިނިކް 6884973 މިނަންބަރަށް ގުޅުއްވައި އެފަރާތުގެ އިރުޝާދާއެއްގޮތަށް ޢަމަލުކުރެއްވުމަށް ނަޞޭހަތްތެރިވަމެވެ.

މިވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ދަންނަވަމެވެ. އަދި އައްޑޫސިޓީގައި މިބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމަކަށްނޫނީ ބޭރަށްނިކުމެ ނޫޅުމަށާއި މިދަންވާ ކަންކަން ނުކުރުމަށް އިލްތިމާސްކުރަމެވެ.

  • ދަތުރު ދިއުން.
  • މާހެފުން ބޭއްވުން
  • ޢާއްމު މައިދާން ( ޕާރކް/ ކުޅިވަރު މައިޒާން) ތަކަށް އެއްވުން

މާތް ﷲ އަޅުގަނޑުމެންނާއި، އެންމެހާ މުސްލިމުންނާއި، މުޅި އިންސާނިއްޔަތު، މިނުރައްކާތެރި ބަލިން ރައްކާތެރިކުރައްވާށި!

22 ޝަޢުބާން 1441

16 އޭޕްރިލް 2020
ހޯދާ