ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ގަމު ކުނިމެނޭޖް ކުރުމުގެ ޕްރޮޖެކްޓަށް މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާނު

ލ.ގަމު ކުނިމެނޭޖް ކުރުމުގެ ޕްރޮޖެކްޓަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއެވެ.

ސްޕަވައިޒަރ

މަޤާމް:

01

ބޭނުންވާ އަދަދު:

ވަގުތީ

މަޤާމުގެ ގިންތި:

ހައްދުންމަތީ ގަމު ކައުންސިލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5000.00ރ

މުސާރަ:

1000.00ރ

ސަރވިސް އެލެވަންސް:

1000.00ރ

ރިސްކް އެލެވަންސް:

  1. ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކުނިމެނޭޖްކުރުމުގެ އެއްމެހައި ކަންކަމާއި، މުވައްޒަފުންގެ އެއްމެހައި ކަންކަން ސްޕަވައިޒްކޮށް ބެލެހެއްޓުން.
  2. ވެހިކަލް ދުއްވާއިރުގައާއި، ޕާކިންގ ޒޯނުގައި ވެހިކަލް ބާއްވާފައި އޮންނައިރު ވެހިކަލްއަށް ގެއްލުމެއް ލިބިދާނޭ އެއްމެހައި ކަންކަމުން ރައްކާތެރިކޮށް ވެހިކަލް ބެލެހެއްޓުމުގެ އެއްމެހައި ކަންކަން ކުރުވުމާއި، ގަވާއިދުން ވެހިކަލްގެ އަޑީތެޔޮ ބަދަލުކުރުވުން.
  3. ވެހިކަލްގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ރަނގަޅަށް ބަލެހެއްޓުވުމާއި، ހަލާކުވާތަކެތި މަރާމާތުކުރުމަށް އިދާރާގެ ކަމާބެހޭ ވެރިންނަށް ހުށަހަޅައި އިދާރާއިން ހަމަޖައްސާ ގޮތެއްގެމަތިން އެކަންކަން ކުރުވުން.
  4. ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑިތަކުގައި އިދާރާއިން އަންގާގޮތެއްގެ މަތިން އިދާރާގެ މަސައްކަތުގައި ބައިވެރިވުން.
  5. ވެހިކަލް ސްޓާރޓް ކުރުމުގެ ކުރިން ތެލާއި ފެން ހަމަތޯ ޗެކްކުރުވުމާއި، ކޮންމެދުވަހަކު މަސައްކަތް ނިމުމުން ވެހިކަލް ދޮވެ ސާފުކުރުވުން.
  6. ވެހިކަލް ދަތުރުތަކުގެ ލޮގް ބެލެހެއްޓުވުން.
  7. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ގްރޭޑް 5 ނިންމާފައިވުން ނުވަތަ ލިޔަންކިޔަން އެނގުން.

2-      C1 އަދި C2 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތުން.

3-      އުމުރުން 60 އަހަރު ނުފުރޭ މީހަކަށް ވުން.

4-      ގިނަވަގުތު މަސައްކަތް ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއް ކަމުގައި ވުން.

މަޤާމުގެ ޝަރުޠުތައް:

މަސައްކަތު

މަޤާމް:

03

ބޭނުންވާ އަދަދު:

ވަގުތީ

މަޤާމުގެ ގިންތި:

ހައްދުންމަތީ ގަމު ކައުންސިލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5000.00ރ

މުސާރަ:

1000.00ރ

ރިސްކް އެލެވަންސް:

  1. ގޭގޭން ކުނި ކަލެކްޓްކުރުން.
  2. ވަގުތީ ކުނިކޮށިތައް ބެލެހެއްޓުން.
  3. ކާދު ތައްޔާރުކުރުން.
  4. ކުނިކޮށީގެ ވިނަނޯޅާ ސާފުކުރުން.
  5. ކޮންމެ ދުވަހަކު މަސައްކަތް ނިމުމުން މަސައްކަތު ސާމާނު ދޮވެ ސާފުކުރުން.
  6. ކުނި މެނޭޖްކުރުމާގުޅޭ އެއްމެހައި މަސައްކަތް ކުރުން.
  7. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ގްރޭޑް 5 ނިންމާފައިވުން ނުވަތަ ލިޔަންކިޔަން އެނގުން.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވުން.

މަޤާމުގެ ޝަރުޠުތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް ހުށަހަޅާނީ 21 އެޕްރިލް 2020 ގެ 12:00 ގެ ކުރިން،  އީމެއިލް [email protected] މެދުވެރިކޮށެވެ. މިދުވަސްވަރު މުޅިރާއްޖެއަށް ސިއްޙީ ނުރައްކަލުގެ ކުއްލިހާލަތު އިޢުލާން ކޮށްފައިވުމާއެކު ކައުންސިލް އިދާރާ ހުޅުވިފައ ހުންނާނީ ހުކުރު ހޮނިހިރުފިޔަވައި ކޮންމެދުވަހަކު ހެނދުނު 10:00އިން 12:00 އަށެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ކައުންސިލް އިދާރާގެ ކައުންޓަރުންވެސް ބަލައިގަންނާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،  އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 އެޕްރިލް 2020 އާއި 27 އެޕްރިލް 2020 އާ ދެމެދު، ހައްދުންމަތީ ގަމު ކައުންސިލް އިދާރާ ގައެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800766 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

     

 

13 އޭޕްރިލް 2020
ހޯދާ