މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިދޯނިފަހަރު ލަފާފުރުމަށް އުތުރު ފަރާތު ބަނދަރު ބޭނުންކުރުން

އިޢުލާން

 

އޮޑިދޯނިފަހަރު ލަފާފުރުމަށް އުތުރު ފަރާތު ބަނދަރު ބޭނުންކުރުން

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާއި ގުޅިގެން މިރަށުގައި ޤާއިމްކޮށްފައިވާ ޓާސްކްފޯސްއިން ރަށަށް އަރާ ފައިބާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މިރޯގާއާއި ގުޅިގެން ބަންދުކުރެވިފައިވާ ރިސޯޓްތަކުން މުވައްޒަފުން ކުރިއަށްއޮތް ދުވަސްތަކުގައި ރަށަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އެޗް.ޕީ.އޭ އިން ނިންމާފައިވާތީ، ރަށަށް އަރާ ފައިބާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޓާސްކްފޯސްއިން ވަނީ ނިންމާފައެވެ.

އެހެންކަމުން، އޮޑިދޯނިފަހަރު ލަފާފުރުމަށް ރަށުގެ އުތުރު ފަރާތު ބަނދަރު ބޭނުންކުރުމާއި އެނޫން ސަރަޙައްދުތައް ބޭނުން ނުކުރުމަށް ދަންނަވެމެވެ. އަދި ލަފާފުރުމަށް، މިރަށު "ގްރީންލެމަން ފިއުލް" ތެޔޮ ގުދަނުގެ ހުޅަނގުން ރަށާއި ގުޅުވައިގެން ފަޅުތެރޭގައި އަޅާފައިވާ ފާލަން ބޭނުން ނުކުރުމަށްވެސް ދަންނަވަމެވެ. މީގެ އިތުރުން، މިދެންނެވި ފާލަމުގެ ވެރިފަރާތުން ނުވަތަ ފާލަން އެޅި ފަރާތުން، މިއަދުން ފެށިގެން 5 ދުވަހުގެ ތެރޭގައި (2020 އޭޕްރިލް 15 ގެ ކުރިން) އެފާލަން ރޫޅައި ނެގުމަށް އަންގަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

10 އޭޕްރިލް 2020
ހޯދާ