މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލެ ތިލަފުށި ލިންކު މަޝްރޫއުގެ މަސައްކަތް ކުރުމަށްޓަކަައި މާލެ،ވިލިގިލި ގުޅިފަޅު ކަނޑުއޮޅިން އުޅަނދުފަހަރު ދުއްވުމާއިބެހޭ

އިޢުލާން

މާލެ ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތް ކުރުމަށްޓަކައި މާލެ- ވިލިގިލި، ވިލިގިލި- ގުޅިފަޅު އަދި ގުޅިފަޅު - ތިލަފުށި ކަނޑުއޮޅިން އުޅަނދުފަހަރު ދުއްވުމާއި ގުޅޭ

                  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރއިން ގްރޭޓާރ މާލެ ކަނެކްޓިވިޓީ ރޯޑުގެ މާލެ- ތިލަފުށި ލިންކު މަޝްރޫޢުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަ ޕްލެޓްފޯމުތަކެއް ބާއްވައިގެން މަސައްކަތް ކުރުމަށް ވަނީ ފަށާފައެވެ. އެހެންކަމުން މި ޕްލެޓްފޯމު ތަކުގެ ވަށައިގެން 100 މީޓަރު ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުރައްކާތެރި ސަރަހައްދެއްކަމަށް ފެންނާތީ 26 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން 30 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް މަސައްކަތް ކުރިޔަށް ގެންދާ ސަރަހައްދު ވަށައިގެން 100 މީޓަރު ކައިރިން އުޅަނދު ފަހަރު ދުއްވުމާއި އޮޕަރޭޓްކުރުމަކީ މާނާކެމެއްކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އަދި ދަންނަވަމެވެ. 26 މާރިޗު 2020 އިން ފެށިގެން 30 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް މި ޕްލެޓްފޯމު ސަރަހައްދުގެ ވަށައިގެން 100 މީޓަރު ހިމެނޭ ސަރަހައްދަކީ އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް ނުރައްކާތެރި ސަރަހައްދެއްކަމަށްވާތީ މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން އުޅަނދުފަހަރު ދުއްވުމަށް އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި އުޅަނދުފަހަރުގެ ވެރިންނަށާއި އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކަށް ހަނދާންކޮށް ދިނީމެވެ.

31 މާރިޗު 2020
ހޯދާ