މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަރުކާރު ބަންދު ކުރެވިފައިވާ މުއްދަތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ދެވޭ ޚިދުމަތާ ބެހޭ

ޢިއުލާން

ސަރުކާރު ބަންދު ކުރެވިފައިވާ މުއްދަތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ދެވޭ ޚިދުމަތާ ބެހޭ 

 މި މިނިސްޓްރީން 21 މާރިޗް 2020 ގައި ކޮށްފައިވާ ޢިއުލާން ނަންބަރު: IUL)101-LES/1/2020/73) އަށް ހަވާލާދީ ދަންނަވަމެވެ.

 ސަރުކާރު ބަންދު ކުރައްވާފައިވާ މުއްދަތު 2020 އޭޕްރީލް 2 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވާފައިވާތީ، މި މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތަކުގެ ތެރެއިން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ޚިދުމަތާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ޚިދުމަތް، ހަފްތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު، 2020 މާރިޗް 29 ވަނަ ދުވަހުން ފެށިގެން 2020 އޭޕްރިލް 2 ވަނަ ދުވަހުގެ ނިއަލަށް ހެނދުނު  10:00 އިން މެންދުރު 12:00 އަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން އާއްމުކޮށް އަންގައި އިއުލާން ކުރަމެވެ.

‏02‏ ޝަޢްބާން‏ 1441

26 މާރިޗު 2020
ހޯދާ