ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކޮރޯނާ ވައިރަސް "ކޮވިޑް 19" ގެ ސަބަބުން މި އެސޯސިއޭޝަންގެ އެކިއެކި ހަރަކާތްތަށް ފަސްކުރުން

          މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް "ކޮވިޑް 19" ގެ ސަބަބުން ދުނިޔޭގައި އާއި ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކާއި، ރާއްޖޭގައި ސިއްޙީ ކުއްލި ޙާލަތު އިޢުލާނު ކުރެވިފައިވުމާއި ގުޅިގެން، މި އެސޯސިއޭޝަންގެ ބައެއް ހަރަކާތްތަށް ވަޤުތީގޮތުން ވަނީ މެދުކަނޑާލެވިފައެވެ.

          މިދެނެންނެވުނު ޙާލަތު ބަދަލުވަންދެން، 2020 އޭޕްރީލް 3ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ޤައުމީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޓީމް" ނެގުމަށް ހަމަޖެހިފައިވާ "ސިލެކްޝަން" މުއްދަތެއް ނެއްގޮތަން ފަސްކުރެވިފައިވާ ވާހަކަ އެންމެހައި މެންބަރުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

          މިފަދަ ސިއްޙީ ޙާއްސަ ޙާލަތް ތަކުގައި ދަޢުލަތުގެ އެކިއެކި ވުޒާރާތަކުން ދެއްވަމުންގެންދަވާ އެކިއެކި އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމާއި ކިޔަމަންތެރިކަން އަދާކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ފަރުދީ ޒިންމާއެއްކަމުގައި މި އެސޯސިއޭޝަނުން ދެކޭވާހަކަ ވެސް ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު 7812226 މޯބައިލް އާއި ގުޅުންއެދެން.

22 މާރިޗު 2020
ހޯދާ