ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް އެކުސްކަވޭޓަރއެއް ވިއްކާނޭ ފަރާތެއް ހޯދުން

ފ.ނިލަންދޫ ކައުންސިލް އިދާރާއަށް އެކުސްކަވޭޓަރ ( HT100 ) ވިއްކާނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެކުސްކަވަރޭޓަރ ގެނެސްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް   2020 މާރިޗް 11 (އެގާރަ) ވަނަ ދުވަހުން ފެށިގެން 2020 މާރިޗް 26 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު 9:00 އިން 12:00 އާދެމެދު، މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނެއެވެ.

ވީމާ، އެކުސްކަވަރޭޓަރ ވިއްކެވުމަށް ބޭނުންފުޅުވާ ބޭފުޅުން، " ކައުންސިލަށް ގަންނަން ބޭނުންވާ އެކުސްކަވޭޓަރ ވިއްކުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 މާރިޗް 29  ވާ  އާދީއްތަ  ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

" ކައުންސިލަށް ގަންނަން ބޭނުންވާ އެކުސްކަވޭޓަރ ވިއްކުމަށް އެދި ހުށަހަޅާ ފޯމު" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

 

15  ރަޖަބު     1441

10  މާރިޗް     2020

11 މާރިޗު 2020
ހޯދާ