ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ މަސްމާރުކޭޓު ބޭނުންކުރުމާބެހޭ

ނިލަންދޫ މަސްމާރުކޭޓު ވަނީ ނިލަންދޫ ރިހިވެލި އިބްރާހީމް މުޙައްމަދަށް ކުއްޔަށް ދޫކޮށްފައެވެ.

މަސްމާރުކޭޓުގެ މަސްއަށިތަކުގެތެރެއިން އުތުރަށްހުރި 2 އަށި ޚާއްޞަކޮށްފައިވަނީ ޢާއްމު ބޭނުންތަކަށް މަސްކެނޑުމަށެވެ. އެ 2 އަށި ބޭނުންކުރުމުގައި އެއްވެސް ފަރާތެއްގެ ހުއްދަ ހޯއްދަވާކަށް ނުޖެހޭނެއެވެ. ދެންހުރި އަށިތައް ޚާއްޞަކޮށްފައިވަނީ ވިޔަފާރި އުޞޫލުން މަސްކައްކައި ހިއްކާ ފަރާތްތަކުގެ ބޭނުމަށެވެ. ނަމަވެސް 1 އެޕްރީލް 2020 އިން ފެށިގެން އެ އަށިތައް ބޭނުންކުރެވޭނީ އިބްރާހީމް މުޙައްމަދު ކަނޑައަޅުއްވާ ގޮތެއްގެމަތިންނެވެ.

ވިޔަފާރި އުޞޫލުން ބޭނުންކުރާ އަށިތައް ކުއްޔަށް ދޫކުރެވޭނެ އެންމެ ބޮޑު އަގަކީ މަހަކު 250/- (ދުއިސައްތަ ފަންސާސް) ރުފިޔާ އެވެ.

މަސްމާރުކޭޓު ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުންވެސް މަސްކެނޑުމަށްފަހު ބޭނުންކުރެއްވި އަށިތަކާއި މަސްކެނޑުމުން ހަޑިވި ސަރަޙައްދު ނުބައިވަސް ނުދުވާވަރަށް ރަނގަޅަށްދޮވެ ސާފުކުރަންވާނެއެވެ. އަދި މަސްކެނޑުމަށް ޚާއްޞަކޮށްފައިވާ އަށިތަކުގައި ނޫނީ މަސްކެނޑުމަކީ މަނާކަމެކެވެ.

16 ރަޖަބު 1441

11 މާރިޗް 2020

11 މާރިޗު 2020
ހޯދާ