ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް މުބާރާތް ބޭއްވުމާ ގުޅޭ

                                           

އިޢުލާން

ފުޓްސަލް މުބާރާތް ބޭއްވުމާ ގުޅޭ

                    

                        

                    މި އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، " ކައުންސިލު ކަޕް 2020 " ގެ ނަމުގައި ފުޓުސަލް މުބާރާތެއް ބޭއްވުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފިޠުރު ޢީދު ދުވަސްކަމަށް ވާ  2020 މެއި 24 ވަނަ ދުވަހުއެވެ.

                  މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 2020 އޭޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމާއެކު މުބާރާތުގެ ޤަވާއިދު ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. ފޯމު ދޫކުރުމާ ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އާ ދެމެދުއެވެ.

                   ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

09 މާރިޗު 2020
ހޯދާ