މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް ރައްޔިތުންގެ ތިޔޮފިހާރަ އިމާރާތްކޮށްދޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި އިޢުލާންވަނީ 06 މާރިޗު 2020 2106 ގައި ބާތިލް ކުރެވިފައެވެ.


`

 މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

           އުނގޫފާރު، ދިވެހިރާއްޖެ                                       ނަންބަރު: IUL)303-AS/2020/16)          

އިޢުލާން

 

މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް ރައްޔިތުންގެ ތިޔޮފިހާރަ އިމާރާތްކޮށްދޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                     

           މިކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ ތިޔޮ ސެޑްގެ އިމާރާތްކުރުމަށް ދެވޭ ކުރެހުމާއި އެއްގޮތައް ހަދައި ދިނުމަށް އެދޭފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 12 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާގައެވެ. އަދި ދެވޭ މަޢުލޫމާތާއި އެއްގޮތަށް ތިޔޮސެޑް ތަރައްޤީ ކޮށްދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 19 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލަށް ތަރައްޤީކުރުމަށް ނިންމާފައިވާ ރައްޔިތުންގެ ތިޔޮ ސެޑް އިމާރާތް ކުރުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުޙަންމަދު އަފްލާހްގެ ނަމްބަރ 9553552 ގުޅުއްވުން އެދެމެވެ.

 ތިރީގައި އެވަނީ ތިޔޮ ސެޑް އިމާރާތް ކުރުމުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތް

  1. ތިޔޮ ސެޑް ކުރެހުމަށް ހުށަހަޅާ އަގު      (އަށްޑިހަ މާކުސް)
  2.  ތަޖުރިބާ ފަންނީ ގާބިލްކަމަށް          (ފަސްމާކުސް)
  3.  ހުށަހަޅާ މުއްދަތައް                (ފަސްމާކުސް)
  4. މާލީތަނަވަސް ކަމަށް                (ދިހަމާކުސް)

        ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

        10  ރަޖަބް 1441

        05  މާރިޗް 2020  

05 މާރިޗު 2020
ހޯދާ