ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޓާ، ކެންޓީނު، ރެސްޓޯރެންޓް ހިންގުންފަދަ މަސައްކަތަށް ބިން ދޫކުރުން

ނިލަންދޫ ކުޑަކުދިންގެ ޕާކުގައި ހަދަންފަށާފައިވާ އިމާރާތް ހިމެނޭ ސަރަހައްދުން ކުޑަކުދިންގެ ޕާކުގެ އުތުރުކޮޅުން 5184.96 ( ފަސްހާސް އެއްސަތޭކަ ސައުރަޔާހި ޕޮއިންޓް ނުވައެއް ހައެއް ) ގެ އަކަފޫޓުގެ ބިން 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު (IUL)374-C/374/2020/21   (12  ފެބުރުވަރީ 2020 ) ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤްވެރިކަން ފާޅުކޮށްފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.  

  މިމަސައްކަތާއި ގުޅޭ އިތުރު ތަފްސީލް މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި ، ވެބުސައިޓުން އަދި ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2020 މާރިޗް 4 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.

  ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  2020 މާރިޗް 16 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ  ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާގެ ވެބުސައިޓާއި ފޭސްބުކު ޕޭޖުންވެސް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކު ޕޭޖުގެ އެޑްރެހަކީ (fb id:Faafu Nilandhoo Council Idhaaraa) އެވެ.  ވެބުސައިޓް އެޑްރެސް މިކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

 

 

9   ރަޖަބު      1441

4   މާރިޗް      2020 

05 މާރިޗު 2020
ހޯދާ