ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ގްރެފިކްސް ޑިޒައިނަރ

މަޤާމް :ގްރެފިކްސް ޑިޒައިނަރ
ބޭނުންވާ އަދަދު :2

FAM/HR/IUL/2020/1004 އިޢުލާން ނަންބަރު:

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް

ގްރެފިކްސް ޑިޒައިނަރ   

ބޭނުންވާ ޢަދަދު

2

 

 

 

މުސާރަ އެލަވަންސް އާއި އެކު

-/8500 އާއި -/10000 ދެމެދު  

 

 

އޮފީސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

 

 

ޑިޕާރޓްމަންޓް

މީޑިއާ ޑިޕާރޓްމަންޓް، ރެފްރީސް ޑިޕާރޓްމަންޓް  

 

 

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓަންޓް އޮފިސަރ

 

 

މަޤާމުގެ ޝަރުތުތައް

 • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: 
 • ހ- މަޤާމަށް ބޭނުންވާ މަލްޓިމީޑިޔާ ނުވަތަ ގްރެފިކްސް ޑިޒައިން އަދި އެނިމޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު ޑިޒައިންކުރުމާއި އެނިމޭޓް ކުރުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، އެޑޯބީ ގްރިއޭޓިވް ކްލައުޑް ސޮފްޓްވެއަރތައް ރަނގަޅަށް އެގުން، ގޫގްލް ޖީސުއިޓް އަދި އެފަދަ އެހެން ޕްލެޓްފޯމް ތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން މަސައްކަތް ކުރަން އެނގުން، ތްރީ-ޑީ ކުރެހުންތައް ކުރަހަން އެނގުން، ޑިޖިޓަލް ފައިލް ފޯމެޓްތަކާއި ގުޅޭ ޓެކްނިކަލް މަޢުލޫމާތު އެނގުން އަދި ކޯޕަރޭޓް މާހައުލެއްގައި ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން އެގުން. ނުވަތަ
 • މަޤާމާގުޅޭ ދާއިރާއަކުން (ގްރެފިކްސް ދާއިރާއިން) ޑިގްރީ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު  މަޤާމާގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު

 • ލީފްލެޓް އަދި ބެނާ ފަދަ ތަކެތި ޑިޒައިންކުރުން
 • ފުޓްބޯލް އެސޯސިއޭޝަންއިން ކުރިއަށްގެންދާ ޙަރަކާތްތަކަށް ތައްޔާރުކުރަންޖެހޭ އޯޑިއޯ އާއި ވީޑިއޯ ކްލިޕްތަކާއި ޕްރެޒެންޓޭޝަންތަކާއި އޯޑިއޯ ރިޕޯޓްތަކާއި ވީޑިއޯ ރިޕޯޓްތަށްފަދަ އެންމެހައި ތަކެތި ތައްޔާރުކުރުން.
 • ސޯޝަލް މީޑިއާ (ފޭސްބުކް، ޓުވިޓަރ، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ އިޝްތިހާރުތައް ތައްޔާރުކުރުން.
 • ފުޓްބޯލް އެސޯސިއޭޝަންއިން ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ހަރަކާތްތަކުގެ ފޮޓޯ ނެގުމާއި ވީޑިއޯ ނެގުމާއެކު، އެތަކެތި ރައްކާކުރުން.
 • ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ އެޑިޓްކުރުން.
 • މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން
 • އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
 • މަތީގައިވާ ކަންތައްތަކުގެ އިތުރުން، އެސޯސިއޭޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި

 • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

ނޯޓް

 • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
 • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 08:00 އިން  15:00 އަށެވެ.

 

 

ސިޓީ ފޮނުވަންވީ ތާރީޚް

 • 12 މާރޗް 2020 މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހުށައެޅުން އެދެމެވެ. އީމެއިލް ބަލައި ނުގަނެވޭނެއެވެ.

 

 

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3327868 ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަންއަށް ލިބިގެންވެއެވެ.

 

 

 

 

 

             

 

02 މާރޗް 2020

 

 

 

02 މާރިޗު 2020
ހޯދާ