ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ ޚުކުރު މިސްކިތުގެ ކާޕެޓް ބަދަލުކުރުމަށްޓަކައި ބޭނުންވާ ކާޕެޓް ފޯރުކޮށްދެއްވާނެ ފާރާތެއް ހޯދުމާގުޅޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

  މަސްޖިދުލް ޚައިރާތުގެ ކާޕެޓް ބަދަލުކުރުމަށްޓަކައި ބޭނުންވާ ކާޕެޓް ފޯރުކޮށްދެއްވާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

 ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 މާރޗް 2020 ވާ ހޯމަ ދުވަހުން ފެށިގެން 11 މާރޗް 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް މި ކައުންސިލަށްްް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށް އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 12 މާރޗް 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

 

 އަންދާސީ ހިސާބު ހުށަހެޅުން، 18 މާރޗް 2020 ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި މި އިދާރާގައި އޮންނެއެވެ.

 

 މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 މާރޗް 2020 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 

01 މާރިޗު 2020
ހޯދާ