ފައިނު ސްކޫލް
ދިވެހިރާއްޖެ
ކޮންޓުރެކުޓް ވޮޗަރ

އިޢުލާން

މިއަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ވޮޗަރުން ހޯދުމަށް ބޭނުންވެއްޖެ 

ވޮޗަރ

މަޤާމު :

ކޮންޓްރެކްޓު

ގިންތި:

03

ބޭނުންވާ ޢަދަދު:

ފައިނު ސުކޫލް

މަޤާމް އޮތް އޮފީސް:

ފައިނު ސުކޫލް / ރ.ފައިނު

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މަހަކު -/5000 ރުފިޔާ

މުސާރަ:

ކޮންޓުރެކުޓްކުރެވޭނީ ތިން މަހުން ތިންމަހުން 31 ޑިސެމްބަރު 2020ގެ ނިޔަލަށް.

ކޮންޓުރެކްޓް ކުރުން

1.  ސްކޫލްގެ އިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ މުދަލާއި ގޯތިތެރެޔާއި ގޯތިވަށައިގެންވާ މަގުތައް ބެލެހެއްޓުން

2. އެދުވަހަކު ސްކޫލް ބަންދުކުރުމުން ސްކޫލްގައި ތަޅުލައި ބަންދުކޮށްފައި ހުންނަންޖެހޭ އެންމެހައި ތަންތަންހުރީ ރަނގަޅަށް ބަންދުކޮށް ތަޅުލާފައިތޯ ޗެކްކުރަންވާނެއެވެ. މިގޮތުން ސްކޫލްބަންދު ގަޑީގައި ކަމާނުބެހޭ އެއްވެސް މީހެއް ނުވަތަ އެއްޗެއް ވިޔަސް ސްކޫލްތެރެއަށް ވައްދައިގެން ނުވާނެއެވެ.

3. ނުރަސްމީ ގަޑީގައި ސްކޫލަށް ވަދެނިކުމެވާ މީހުން ލޮގުކޮށް، ރެކޯރޑް ބެލެހެއްޓުން.

4. ސްކޫލް ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާ އަވަހަށް ސްކޫލްގެ ކަމާބެހޭ ވެރިޔަކަށް އެންގުމާއިއެކު އެކަމެއް ޙައްލުކުރުން.

5. ބަންދު ގަޑީގައި ސްކޫލުން ވަކިކަމަކަށް ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި، އެހެން މީހުން ސްކޫލްގެ ގޯތިތެރެއަށާއި އިމާރާތަށް ވަނުން މަނާކުރުން.

6. ސްކޫލްގައި އޯލެވެލް / އޭލެވެލް އިމްތިޙާނު އޮންނަ ދުވަސްވަރު ޑިޕާރޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އިން ކަނޑައަޅުއްވާ ފެންވަރަކަށް ސްކޫލްގައި އިމްތިޙާން ކަރުދާސް ބަހައްޓާ "ރައްކާތެރި ކޮޓަރި" ގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުން.

7. ސްކޫލްގައި އަހަރު ތެރޭގައި ބޭއްވޭ އެކިއެކި ބޮޑެތި އިޙުތިފާލުތަށް ބާއްވާ ވަގުތުތަކުގައި ސެކިއުރިޓީ ބެލެހެއްޓުން.

8. ރަސްމީ ދުވަސްތަކުގައި ޑިއުޓީ ގަޑިއަކީ ހަވީރު 03:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 7:00 އަށް ( ޖުމްލަ 16 ގަޑިއިރު )، ރަސްމީ ބަންދު ދުވަސްތަކުގައި އަދި އޯލެވެލް ޕޭޕަރުތައް ގެންނަ ދުވަހުން ފެށިގެން ޕޭޕަރުތައް ސްކޫލުން ގެންދިއުމާއި ހަމައަށް 24 ގަޑިއިރު ޑިއުޓީކުރުން.

9. ބަންދު ދުވަސް ދުވަހު ގޮނޑި، ޑެސްކު ފަދަ ތަކެތި އަވީގައި ނުވަތަ ވާރޭގެ ތެރޭގައި ހުރިނަމަ ހިޔަލަށް ލައިދޭން ވާނެއެވެ. އަދި ސްކޫލްގައި އަހަރު ތެރޭގައި ބޭއްވޭ އެކިއެކި އިޙުތިފާލްތަކާއި، ޝޯވ ފަދަ ކަންތައްތައް ބާއްވާ ވަގުތުތަކުގައި އެކަމާ އެކަށީގެންވާ ފެންވަރަކަށް ސްކޫލުން އަންގާ ގޮތެއްގެ ސެކިއުރިޓީ ބެލެހެއްޓުން.

10. ކުއްލިއަކަށް ދިމާވާ ކަންކަމުގައި ސްކޫލުން އަންގައިފިނަމަ ނުކުތުން.

11. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން.

12. އިދާރާގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދައި، ގަސްތަކަށް ފެންދީ، ގަސް ކޮށައި ބެލެހެއްޓުމުގައި ވީވަރަކުން އެހީތެރިވެދިނުމާއި، އިދާރާގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތްކުރުން.

13. ސްކޫލްގައި ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

14. ބަންދު ގަޑީގައި ސްކޫލުން ބޭރަށް ގެންދާ ތަކެއްޗާއި، ބޭރުން އެތެރެއަށް ވައްދާ ތަކެތި ސްކޫލުން އަންގާ ގޮތެއްގެ މަތިން ރެކޯރޑްކޮށް ލޮގްކޮށް ބެލެހެއްޓުން.

15. ޑިއުޓީގައި ތިއްބަވާ ވަގުތުތަކުގައި ސްކޫލުން އެދިލައްވާ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރު ލެއްވުން ދެއްވާން ވާނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ލިޔަން ކިޔަން އެނގުމާއި އެކު ފުރިހަމަ ސިއްހަތެއްގައި ހުރި ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭނެ މީހަކަށްވުން އަދި އުމުރުން 18 (އަށާރަ) އަހަރުންމަތީ، 65 ( ފަސްދޮޅަސް ފަސް ) އަހަރުން ދަށުގެ ދިވެހި ރައްޔިތެއްކަމުގައި ވުން.

ނޯޓް: ލިޔަންކިޔަން އެގޭކަން ދެނެގަންނާނީ، ވޮޗަރ ނެގުމަށްކުރެވޭ އިންޓަވިއުގެ ތެރެއިންނެވެ.

 1. އަޙުލާޤީ ގޮތުން ސްކޫލްތަކުގައި މަސައްކަތްކުރުމަށް އެކަށީގެންވާ މީހަކުކަމުގައިވުމާއި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޤާނޫނީ ނުވަތަ ޝަރުޢީ ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާ އަދި މަސްތުވާ ތަކެތީގެ މައްސަލައެއްގައި ނުވަތަ ބަދުއަޚްލާޤީ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ އެއްވެސް މީހަކު ކަމުގައި ނުވުން.
 2. ދުވާލަކު 5 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރަންޖެހޭ ރަސްމީ އެހެން ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްކަމުގައި ނުވުން.
  1. މަޤާމުގެ ޝަރުޠުތައް:
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ : %30
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަން ކަށަވަރު ކުރުމަށް ކުރެވޭ އިންޓަވިއު / ޕްރެކްޓިކަލް : %70
   1. މަޤާމަށް މީހުން ނެގުމަށް ބަލާނެ މިންގަނޑު
 
   

1 - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު).

3 - ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4  މަސައްކަތުގެ ތަޖުރިބާ ސާބިތުކޮށްދިނުމަށް ހުށައަޅާ ލިޔުންތަކުގެ ކޮޕީ.

5 - ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދޭ ފޯމު ފައިނު ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 05 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ފައިނު ސްކޫލު އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ

 ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 މާރިޗު 2020 އާއި 15 މާރިޗު 2020 އާ ދެމެދު، ފައިނު ސްކޫލުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580358 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނި  [email protected]  އަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

27 ފެބުރުވަރީ 2020
ހޯދާ