މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ތިރީގައިވާ 2 (ދޭއް) ޓްރެއިނިން ޕްރޮގްރާމް ފޯރުކޮށްދޭނެ ފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރ: 08 (IUL)94-Q/1/2020/ އިޢުލާނު އާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

1- "ކަސްޓަމަރ ކެއަރ" (މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހައި މުވައްޒަފުންނަށް ހިންގޭ ޕްރޮގްރާމްއެއް)

2- "ލީޑަރޝިޕް އެންޑް މެނޭޖްމަންޓް" (މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނަށް ޚާއްސަކޮށް ހިންގޭ ޕްރޮގްރާމްއެއް)

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 04 މާރޗް 2020 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 11 މާރޗް 2020 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.    

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

26 ފެބުރުވަރީ 2020
ހޯދާ