ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑްރަގް ކޯޓުގެ ފުރަތަމަ ފަންގިފިލާ ސީލިންގ ތެރެއިން ކުނިވަސްދުވާތީ އެކަން ޙައްލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ޑްރަގް ކޯޓުގެ ފުރަތަމަ ފަންގިފިލާ ސީލިންގ ތެރެއިން ކުނިވަސްދުވާތީ އެކަން ޙައްލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު F/2020/28 (11 ފެބްރުއަރީ 2020) އާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައި ނުވާތީ މި މަސައްކަތަށް އަލުން އިޢުލާނު ކުރަމެވެ.  

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އެނެކްސް-1 މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ ކުދިމަރާމާތާއި އެހެނިހެން ޕްރޮކިއުމަންޓްގެ ބައިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ފެބްރުއަރީ 26 ވަނަ ދުވަހުގެ 11:00 އަށް ޑްރަގް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ފެބްރުއަރީ 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

24 ފެބުރުވަރީ 2020
ހޯދާ