މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން އެމް.ޕީ.އެލްގައި އައި.ޓީ ދާއިރާއިން މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

 

މިކުންފުނިން ތަޢާރަފް ކޮށްފައިވާ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން އެމް.ޕީ.އެލްގައި އައި.ޓީ ދާއިރާއިން ޢަމަލީ ގޮތުން މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.

1-      އައި.ޓީ ޓެކްނީޝަން

ޝަރުތު:

  • އޭލެވެލް 2 މާއްދާއިން ފާސްވެފައިވުން

ނުވަތަ

އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް ހާސިލްކޮށްފައިވުން

  • 18 އަހަރާއި 35 އަހަރާއި ދެމެދު މީހެއްކަމުގައިވުން

 އެޕްރެންޓިސް ޕްރޮގްރާމްއަށް ހޮވޭ ފަރާތް ތަކަށް އެމް.ޕީ.އެލް އިން ލިބިދޭ އިނާޔަތްތައް.

  • 6 މަސް ދުވަހުގެ މުއްދަތަކަށް މަސައްކަތް ދަސްކުރުމުގެ ފުރުސަތު.
  • ކޮންމެ މަހަކަށް 6000/- ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދެވޭނެ.
  • މިޕްރޮގްރާމް ކުރިއަށްދާނީ ޓިވެޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުންނެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ލެވެލް 3 ސެޓްފިކެޓެއް ދެވޭނެއެވެ.

 ވީމާ، މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 05 މާރިޗް 2020 ބުރާސްފަތި ދުވަހުގެ 15:00 ކުރިން  އެޕްލިކޭޝަން ފޯމާއި އެކު ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަން އިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

24 ފެބުރުވަރީ 2020
ހޯދާ