މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓަރީކުރުމަށް ހުޅުވާލުމާއި ގުޅޭ

            މި ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގެ ދަށުން ކޯޓޭޝަން ހޯދައިގެން ގަންނަ ތަކެއްޗާއި، ކުރާ މަސައްކަތްތަކާއި އަދި ލިބިގަންނަ ޚިދުމަތްތައް ހޯދުމުގައި ވީހާވެސް ގިނަފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި އަގު ހޯދުމަށްޓަކައި ވެންޑަރ ރަޖިސްޓްރީއެއް އެކުލަވާލާ، އެ ރަޖިސްޓްރީގައި ވީހާވެސް ގިނަ ވިޔަފާރިތައް ހިމެނުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            އެގޮތުން، 20 މާރިޗް 2020 އިން ފެށިގެން ކޯޓޭޝަން ހުށަހެޅުމަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވަނީ މި ކުންފުނީގެ ވެންޑަރ ރެޖިސްޓްރޭޝަން ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އަދި ޕޯޓަލްގައި، އެކެޓަގަރީތަކެއްގައި ރަޖިސްޓްރީ ވުމަށް ހިމެނިފައިވާ ހުރިހާ ފަރާތްތަކަށްވެސް އަގު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ހަމަމިއާއެކު ރަޖިސްޓްރީވުމަށް އެދޭ ފަރާތްތައް، ރަޖިސްޓްރީކުރެވެމުންދާ ވަރަކުން އެފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ވާހަކަވެސް ދެންނެވީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚުގެ ފަހުން ރަޖިސްޓްރީކުރެވޭ ފަރާތްތަކަށް ރަޖިސްޓްރީ ވުމަށް އެދޭތާ 07 ދުވަސް ފަހުން އަގުހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

            ވެންޑަރ ރަޖިސްޓްރޭޝަނަށް އެދި ހުށަހަޅުއްވާ ފަރާތަކުން ހުށަހަޅުއްވާފައިވާ މައުލޫމާތު ފުރިހަމަ ނުވާނަމަ ނުވަތަ ދެއްވާފައިވާ މަޢުލޫމާތު ޞައްޙަ ނޫން ނަމަ، ނުވަތަ ލިޔެކިޔުން ފުރިހަމަ ނޫންކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފަރާތެއް ވެންޑަރ ރަޖިސްޓަރީގައި ނުހިމެނޭނެއެވެ. އަދި މި ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާއި، ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި، ކަމާއި ގުޅުންހުރި އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުވާ ފަރާތްތައްވެސް ރަޖިސްޓަރީ އިން އުނިކުރެވޭނެއެވެ.

            ވީމާ، ވެންޑަރ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން މި ކުންފުނީގެ ވެބްސައިޓް vendor.port.mv ގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ.  އަދި އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ 3329339 ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.    

  

        

20 ފެބުރުވަރީ 2020
ހޯދާ