އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަހަރަށް ކުއްޔަކާއި ނުލާ ޓަކްޝޮޕެއް ހިންގުމަށް ބިންދިނުމުން ޕަބްލިކް ބީޗް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 10 އަހަރަށް ކުއްޔަކާއި ނުލާ ޓަކްޝޮޕެއް ހިންގުމަށް ބިންދިނުމުން ޕަބްލިކް ބީޗް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން 26 ފެބްރުއަރީ 2020 ވާ ބުދަ ދުވަހު 10:30 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމައްފަހު 08 މާރިޗު 2020 ވާ އާދިއްތަ ދުވަހުގެ 10:30 އަށް ކައުންސިލަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ތައްޔާރު ކުރަންވާނީ ޕްރޮޕޯސަލް ތައްޔާރުކުރުމަށް މިއިދާރާއިން ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

މި ކަމަށް ހުށަހަޅުއްވާ ޕްރޮޕޯސަލް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ޕްރޮޕޯސަލް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކާއި ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

   ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ފެބުރުވަރީ 2020
ހޯދާ