މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިމަޖެންސީ މެޑިކަލް އެސިސްޓެންޓް

އިޢުލާން

މަޤާމު

 އިމަޖެންސީ މެޑިކަލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު

J-315178, J-315179, J-315180, J-315181, J-315182

ބޭނުންވާ އަދަދު

5 (ފަހެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ 1

ޑިވިޝަން / ސެކްޝަން

އެމަޖެންސީ މެޑިކަލް ސާރވިސް ޑިވިޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތް / އީ.އެމް.އެސް ހުޅުމާލެ އޮފީސް

މުސާރަ

-/ 5610ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ރިސްކް އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް  -/100 ރުފިޔާ
  4. ހަމަޖެހިފައިވާ އުސޫލުން ޝިފްޓް ޑިއުޓީ އެލަވަންސް
  5. ސަޕޯޓިން ކޯ އެލަވަންސް 2 ގެ ގޮތުގައި -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

މައިގަނޑު މަސައްކަތްތައް

  1. ކޯލް ސެންޓަރަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދީ، ބަލިމީހާ ކައިރިއަށް ޕެރަމެޑިކުންނަށް ދެވެންދެން ފޯނު މެދުވެރިކޮށް ބަލިމީހާއަށް ނުވަތަ ބަލިމީހާގެ ގާތްތިމާގެ މީހުންނަށް ޞިއްޙީ މަޢުލޫމާތު ނުވަތަ ކަންކުރަންވީ ގޮތުގެ މަޢުލޫމާތު ދިނުން.
  2. ފީލްޑުގައި ޓްރައޭޖް ހެދުމަށްފަހު، ބަލިމީހާގެ ހާލަތާއި ހޮސްޕިޓަލުތަކާއި ނުވަތަ ޞިއްޙީ މަރުކަޒުތަކާއި ނުވަތަ އެހެނިހެން ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުން ލިބެންހުންނަ ފަރުވާތައް ދެނެގަނެ، ބަލިމީހާ ގެންދާނެ އެންމެ ރަނގަޅު ހޮސްޕިޓަލެއް ނުވަތަ ޞިއްޙީ މަރުކަޒެއް ނުވަތަ އެހެނިހެން ޞިއްޙީ ޚިދުމަތްދޭ އިދާރާއެއް ދެނެގަތުން.
  3. ގާއިމްކޮށްފައި ހުންނަ އުޞޫލުތަކާ އެއްގޮތަށް އިމަރޖެންސީ ފަރުވާއަށްޓަކައި ރިސަސިޓޭޓްކުރުމާއި، ޑިފިބްރިލޭޓްކުރުމާއި ފުރާނަ ދެމެހެއްޓުމަށް ބޭނުންކުރާ އެހެން އާލަތްތައް ބޭނުންކުރުމާއި، މެޑިކަލް ޕްރޮސީޖަރުތައް ހެދުމާއި ބޭސް ދިނުމާއި އެހެނިހެން އިމަރޖެންސީ ފަރުވާ ދިނުން.
  4. ބަލިމީހާ ފަރުވާއަށް ނުވަތަ ރިހެބިލިޓޭޝަނަށްޓަކައި ޞިއްޙީ ޚިދުމަތްދޭ ތަނަށް ގެންދިއުމުގެ މަގުމަތީގައި އޭނާގެ ޞިއްޙީ ހާލަތު ބަލަމުން ގެންދިއުން.
  5. ބަލިހާލަތް ތަކުގައާއި ހާނިއްކަތަކުގައި ފުރަތަމަ އެހީ ދިނުމާބެހޭގޮތުން އަސާސީ އެހީތެރިކަންދޭ މީހުންނަށާއި މުޖަތަމައުގެ އެކި ގްރޫޕްތަކަށް މައުލޫމާތާއި ތަމްރީނު ދިނުން.
  6. ޞިއްޙީ އިމަރޖެންސީތައް ދިމާވެދާނެފަދަ އާންމު އެއްވުންތަކާއި ހަރަކާތްތަކަށް ގޮސް އެތަނުގައި އުޅުން.
  7. ބަލިމީހާގެ ޞިއްހީ މައުލޫމާތާއި ދެވުނު ފަރުވާގެ މައުލޫމާތު މެޑިކަލް ރެކޯޑް ބަލަހައްޓާ ނިޒާމުގައި ރެކޯޑު ކުރުން.
  8. ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް ރާވާ ހިންގައި ބެލެހެއްޓުން.
  9. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ން ފެށިގެން މަތީގެ، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް ގަބޫލުކުރާ، ޕްރައިމަރީ ހެލްތް ކެއަރ/ޕެރަމެޑިކް ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް

އިމަރޖެންސީ މެޑިކަލް ޓެކްނޮލޮޖީ، އިމަރޖެންސީ މެޑިސިން، ޕެރަމެޑިސިންގ، ޕްރައިމަރީ ހެލްރުކެއަރ

ގުޅޭ ވަޒީފާގެ ދާއިރާ

ޕެރަމެޑިކްސް

މަޤާމު

 އިމަޖެންސީ މެޑިކަލް ޓެކްނީޝަން

މަޤާމުގެ ނަންބަރު

J-315158, J-315159, J-315160, J-315161, J-315162

ބޭނުންވާ އަދަދު

5 (ފަހެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ 2

ޑިވިޝަން / ސެކްޝަން

އެމަޖެންސީ މެޑިކަލް ސާރވިސް ޑިވިޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތް / އީ.އެމް.އެސް ހުޅުމާލެ އޮފީސް

މުސާރަ

-/ 6295ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ރިސްކް އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
  4. ހަމަޖެހިފައިވާ އުސޫލުން ޝިފްޓް ޑިއުޓީ އެލަވަންސް
  5. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

މައިގަނޑު މަސައްކަތްތައް

  1. ކޯލް ސެންޓަރަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދީ، ބަލިމީހާ ކައިރިއަށް ޕެރަމެޑިކުންނަށް ދެވެންދެން ފޯނު މެދުވެރިކޮށް ބަލިމީހާއަށް ނުވަތަ ބަލިމީހާގެ ގާތްތިމާގެ މީހުންނަށް ޞިއްޙީ މަޢުލޫމާތު ނުވަތަ ކަންކުރަންވީ ގޮތުގެ މަޢުލޫމާތު ދިނުން.
  2. ފީލްޑުގައި ޓްރައޭޖް ހެދުމަށްފަހު، ބަލިމީހާގެ ހާލަތާއި ހޮސްޕިޓަލުތަކާއި ނުވަތަ ޞިއްޙީ މަރުކަޒުތަކާއި ނުވަތަ އެހެނިހެން ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުން ލިބެންހުންނަ ފަރުވާތައް ދެނެގަނެ، ބަލިމީހާ ގެންދާނެ އެންމެ ރަނގަޅު ހޮސްޕިޓަލެއް ނުވަތަ ޞިއްޙީ މަރުކަޒެއް ނުވަތަ އެހެނިހެން ޞިއްޙީ ޚިދުމަތްދޭ އިދާރާއެއް ދެނެގަތުން.
  3. ގާއިމްކޮށްފައި ހުންނަ އުޞޫލުތަކާ އެއްގޮތަށް އިމަރޖެންސީ ފަރުވާއަށްޓަކައި ރިސަސިޓޭޓްކުރުމާއި، ޑިފިބްރިލޭޓްކުރުމާއި ފުރާނަ ދެމެހެއްޓުމަށް ބޭނުންކުރާ އެހެން އާލަތްތައް ބޭނުންކުރުމާއި، މެޑިކަލް ޕްރޮސީޖަރުތައް ހެދުމާއި ބޭސް ދިނުމާއި އެހެނިހެން އިމަރޖެންސީ ފަރުވާ ދިނުން.
  4. ބަލިމީހާ ފަރުވާއަށް ނުވަތަ ރިހެބިލިޓޭޝަނަށްޓަކައި ޞިއްޙީ ޚިދުމަތްދޭ ތަނަށް ގެންދިއުމުގެ މަގުމަތީގައި އޭނާގެ ޞިއްޙީ ހާލަތު ބަލަމުން ގެންދިއުން.
  5. ބަލިހާލަތް ތަކުގައާއި ހާނިއްކަތަކުގައި ފުރަތަމަ އެހީ ދިނުމާބެހޭގޮތުން އަސާސީ އެހީތެރިކަންދޭ މީހުންނަށާއި މުޖަތަމައުގެ އެކި ގްރޫޕްތަކަށް މައުލޫމާތާއި ތަމްރީނު ދިނުން.
  6. ޞިއްޙީ އިމަރޖެންސީތައް ދިމާވެދާނެފަދަ އާންމު އެއްވުންތަކާއި ހަރަކާތްތަކަށް ގޮސް އެތަނުގައި އުޅުން.
  7. ބަލިމީހާގެ ޞިއްހީ މައުލޫމާތާއި ދެވުނު ފަރުވާގެ މައުލޫމާތު މެޑިކަލް ރެކޯޑް ބަލަހައްޓާ ނިޒާމުގައި ރެކޯޑު ކުރުން.
  8. ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް ރާވާ ހިންގައި ބެލެހެއްޓުން.
  9. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ން ފެށިގެން މަތީގެ، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް ގަބޫލުކުރާ 3 އަހަރަށްވުރެ ކުރުނޫން ޕެރަމެޑިކް ސަނަދެއް ހާސިލްކޮށްފައިވުން.

 ނުވަތަ،

   2. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ން ފެށިގެން މަތީގެ ޕްރައިމަރީ ހެލްތް ކެއަރ ސަނަދެއް ހާސިލްކުރުމަށްފަހު، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް ގަބޫލުކުރާ 1 އަހަރަށްވުރެ ކުރުނޫން ޕެރަމެޑިކް ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް

އިމަރޖެންސީ މެޑިކަލް ޓެކްނޮލޮޖީ، އިމަރޖެންސީ މެޑިސިން، ޕެރަމެޑިސިންގ، ޕްރައިމަރީ ހެލްރުކެއަރ

ގުޅޭ ވަޒީފާގެ ދާއިރާ

ޕެރަމެޑިކްސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ ،އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މައްސޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 9. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރެޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 1 މާރޗް 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]    މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅާނަމަ، ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ،2020ވަނަ އަހަރުގެ މާރޗް  ނުވަތަ އޭޕްރީލް މަހުގެތެރޭގައި މިނިސްޓްރީ އޮފް ހެލްތު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014423 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާއެވެ.

 

18 ފެބުރުވަރީ 2020
ހޯދާ