ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް އެސްޓީއޯގެ އިމާރާތްތައް، ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް އެސްޓީއޯގެ އިމާރާތްތައް، ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

  ތިރީގައި މިދަންނަވާ އެސްޓީއޯގެ އިމާރާތްތައް، އެއްއަހަރު ދުވަހުގެ މުއްދަތަށް، ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެ. ވީމާ،  މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

  • ސިޓީ ސްކޮޔާ
  • އެސްޓީއޯ ހެޑް އޮފީސް
  • ފުޑް ކޯޓް (ބްލޮކް 1،2،3،4)
  • އެސްޓީއޯ އައިފާނު ބިލްޑިންގ

މަސައްކަތުގެވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުން:  ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2020 ފެބްރުއަރީ 24 ވަނަ ދުވަހުގެ 1400 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުން:  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް، 2020 ފެބްރުއަރީ 24 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް  ފޮނުވޭނެއެވެ.

މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2020 ފެބްރުއަރީ 25 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑް އޮފީސްގައި އޮންނާނެއެވެ.

ސުވާލާއިޖަވާބު:  ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2020 ފެބްރުއަރީ 26 ވަނަ ދުވަހުގެ 1400 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ.އަދި 2020 ފެބްރުއަރީ 27 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2020 މާރޗް 03 ވަނަ ދުވަހު 1400 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު: 3344262,3344275         

ފެކްސް:    3344633

އީމެއިލް:    [email protected]     

                 

18 ފެބްރުއަރީ 2020

18 ފެބުރުވަރީ 2020
ހޯދާ