މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ނެޝަނަލް އެމްބިއުލާންސް ސަރވިސް ދިނުމަށްޓަކައި ތައްޔާރުކުރެވިފައިވާ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް

އިޢުލާން

 

 މޯލްޑިވްސް ނެޝަނަލް އެމްބިއުލާންސް ސަރވިސް ދިނުމަށްޓަކައި ތައްޔާރުކުރެވިފައިވާ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13  ފެބްރުއަރީ 2020  ވާ ބުރާސްފަތި ދުވަހުން ފެށިގެން 18 ފެބްރުއަރީ 2020  ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 19 ފެބްރުއަރީ 2020 ވާ ބުދަ  ދުވަހު ހެނދުނުު 10:00 ށް ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26  ވާ ފެބްރުއަރީ 2020 ށް ވާ ބުދަ ދުވަހުގެ ހެނދުނު  10:30ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 19 ފެބްރުއަރީ  2020 ވާ ބުދަ ދުވަހު ހެނދުނުު 09:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

19 ޖުމާދަލްއޫލާ 1441

13 ފެބުރުވަރީ 2020
ހޯދާ